ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ވ ފެލިދޫ --- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް

ވ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުތުވެރިއަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ.

މި ކަމާ ގުޅުވައި ފެލިދޫ ކައުންސިލްގެ ރައީސް ހުސައިން ވިސާމް 'ސަން'އަށް ވިދާޅުވީ، ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މަރުވެގެން އެ ރަށު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 11:29 ހާއިރެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ބެލަރަސް އަންހެނެކެވެ.

މި ކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ހިއްސާކުރަމުން ފެލިދޫ ޕޮލިސްޓޭޝަންގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، މަރުވެގެން ގެނެސްފައިވަނީ ސިނަމަން ވެލި ފުށީ ރިސޯޓުން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް