ބިބީގެ ވަދާއީ ޝޯ މިރޭ

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"އިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ބިބީ"ގެ ވަދާއީ ޝޯ އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ބިބީ ވެފައިވަނީ ބޮޑު ހިޓަކަށެވެ. އަދި، ކާމިޔާބު އެތައް ހައުސް ފުލް ޝޯތައް މާލެއާއި އަތޮޅުތަކުގައި އެޅުވުމަށް ފަހު މިހާރު ރެޑީ ވެފައިވަނީ ފިލްމު އޮލިމްޕަހުން ނެގުމަށެވެ.

ޑާކްރެއިން ހާމަކޮށްފައިވަނީ ފިލްމުގެ ވަދާއީ ޝޯ މިރޭ ދައްކާނެ ކަމަށެވެ.

ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ފިލްމުގައި މުހިއްމު ރޯލުތަކުުން ފެނިގެން ގޮސްފައިވަނީ ޝަރަފް އަބްދުالله އާއި މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ)އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހުއެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ބިބީގެ ރިވިއުތައް ވެސް ލިބެމުން އަންނަނީ ވަރަށް ޕޮޒިޓިވްކޮށެވެ. އާންމުންގެ ތެރެއިން ފިލްމު ބެލި މީހުން ބުނަނީ މިއިީ މިހާތަނަށް އޮލިމްޕަހުގައި އެޅުވި އެންމެ ތަފާތު އެއް ކޮމެޑީ ފިލްމު ކަމަށެވެ. މިފަދަ ގިނަ ފިލްމުތައް އޮލިމްޕަހުން ފެންނާނެ ކަމަށް ވެސް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ފިލްމުގެ ތަރީންގެ ފަރާތުން ވަރުގަދަ ހުނަރުތައް ފެނުނުއިރު ޝޯ އަތުލާފައިވަނީ ޝީލާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޝީލާގެ އެކްޓިންއަށް އެތައް ބައެއްގެ ތަރުހީބު ދަނީ އޮހެމުންނެެވެ.

comment ކޮމެންޓް