ކާރިސާތަކުން ލިބިދާނެ ގެއްލުން ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ގާއިމުކުރަނީ

މިނިސްޓަރު ތޯރިގް: ކާރިސާތަކުން ކުރާނެ އަސަރު ކުރިއަށް ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ގާއިމުކުރަނީ ---- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދުރާލާ ދެނެގަތުމަށް "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ލަފާކުރާ މައުލޫމާތުތަކަކީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތް އެކަނި ކަމަށެވެ.

ނަމަވެސް، އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ތައާރަފްކަން ބޭނުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް މިހާރަށް ވުރެ ބޮޑަށް ބެލުމަށް ކަމަށް ތޯރިގް ވިދާޅުވެފައިވެއެވެ.

21 ޖުލައި 2024: މާލެއަށް އުދަ އަރަނީ: ކާރިސާތަކުން ކުރާނެ އަސަރު ކުރިއަށް ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ގާއިމުކުރަނީ-- ސަން ފޮޓޯ: ނާއިޝް ނާހިދު

މިސާލަކަށް ކޮޅިގަނޑެއް ނުވަތަ ވިލާގަނޑެއް އައިސްގެން އޭގެ ސަބަބުން ކޮން ކަހަލަ ގެއްލުންތަކެއްތޯ އެ ސަރަަހައްދަކަށް ވާނީ. ފެންބޮޑުވާނެތޯ ނުވަތަ އުދަ އަރާނެތޯ، ރާޅު އަރާނެތޯ، އޭގެ އަސަރުކުރާނީ ކޮން ރަށެއްގެ ކޮން ހިސާބަކަށްތޯ. އެ ދިމާލަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ

މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓު ކުރިއަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ތައާރަފުކުރުމަށްކަމަށެވެ.

ގިރުމުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ އެކި ރަށްރަށުގައި ދިމާވަނީ އެކި ވަރަށް ކަމަށެވެ.

21 ޖުލައި 2024: މާލެއަށް އުދަ އަރަނީ: ކާރިސާތަކުން ކުރާނެ އަސަރު ކުރިއަށް ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ގާއިމުކުރަނީ-- ސަން ފޮޓޯ: ނާއިޝް ނާހިދު

އެ މައްސަލައަށް ހައްލެއް ގެނައުމަށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ހެޒަލް މެޕް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 102 ރަށުގެ ޗާޓު ތައްޔާރު ކުރެވިފައިވާ ކަން ތޯރިގް ވަނީ ފާހަގަކުރައްވާފައެވެ.

މި ޗާޓުގައި އެރަށެެއްގައި ގިރާ ސަރަހައްދުތަކާއި ވޮޑޭ ސަރަހައްދުތަކާއި އުދަ އަރާ ސަރަހައްދުތައް ފާހަގަކުރެވިފައި ހުންނައިރު، މި ޗާޓު ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ހިންގާނީ ކޮންސްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތުގައި ބޭނުންވާ ހުރިހާ ސްޓަޑީއާއި ސައިންޓިފިކް ސްޓަޑީތަކާއި އޭގެ މި ބޭނުންވާ ގޮތްތަކާއި ހައިލެވެލް ޑިޒައިންތައް ހުންނާނެ ގޮތްތައް އަޅުގަނޑުމެން ކިޔައިދޭނަން.

އެއާއެކު، މި ޗާޓުތައް އުފެއްދުމަށް ސެޓެލައިޓް ފޮޓޯތަކާއި އޭރިއަލް ފޮޓޯތައް ބޭނުން ކުރާ ކަމަށް ތޯރިގް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް