ޥޯލްޑް ޓްރެވަލް އެވޯޑްސް 2024: ރާއްޖެއަށް ވޯޓުދިނުމަށް ބާކީ ތިން ދުވަސް

ފަތުރުވެރިން ރާއްޖޭ މައި އެއާޕޯޓްގައި: ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް މިފަހަރު ވެސް ރާއްޖެ ނޮމިނޭޓްވެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2024ގައި ވޯޓުލުމަށް ބާކީ އެންމެ ތިން ދުވަހަށް ވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނި ގޮތުގައި މި އަހަރު ވެސް ރާއްޖެ ވަނީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އިތުރުން މަޝްހޫރު ހަ އެވޯޑަކަށް ނޮމިނޭޓްވެފައެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ލިބިފައިވާ ނޮމިނޭޝަންތަކުގެ އިތުރުން، އެމްއެމްޕީއާރުސީ ވަނީ ޖެހިޖެހިގިން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު 2024ގެ މަގާމަށް ނޮމިނޭޓްވެފައެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެމްއެމްޕީއާރުސީއިން ވަނީ ދިވެހިރާއްޖެއަށް މި ޝަރަފުވެރި މަގާމުތައް ހޯދައިދިނުމުގައި އެންމެންގެ ތާއީދުން ބޮޑު ތަފާތެއް ގެނެސްދެވިދާނެ ކަމަށް ބުނެފައެވެ.

އަދި ވޯޓު ދީގެން ރާއްޖޭގެ ކާމިޔާބީތައް ފާހަގަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެއިންވެސް އެންމެ ފާހަގަކޮށްލެވޭ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ވޯޓު ދިނުން ވަރަށް މުހިންމު ކަމަށް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ވަނީ ވޯޓު ދިނުމަށް ބޭނުންނ ކުރާނެ ލިންކުތައް ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން:

* ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2024
https://www.worldtravelawards.com/vote-for-maldives-worlds-leading-destination-2024
* ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
https://www.worldtravelawards.com/vote-for-maldives-worlds-leading-green-destination-2024
* ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
https://www.worldtravelawards.com/vote-for-maldives-worlds-leading-dive-destination-2024
* ވޯލްޑްސް ލީޑިން ހަނީމޫން ޑެސޓިނޭޝަން 2024
https://www.worldtravelawards.com/vote-for-maldives-worlds-leading-honeymoon-destination-2024
* ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން 2024
https://www.worldtravelawards.com/vote-for-maldives-worlds-leading-beach-destination-2024
* ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2024- މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
https://www.worldtravelawards.com/vote-for-maldives-marketing-and-public-relations-corporation-worlds-leading-tourist-board-2024

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ.

ފާއިތުވި ހަތަރު އަހަރު ވެސް ރާއްޖެއިން ވަނީ އިންޑިއާން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ. އަދި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ކެޓަގަރީއިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައި ރާއްޖެއިން ހަތަރު ކެޓަގަރީއަކުން އެވޯޑް ހާސިލުކޮށްފައިވެއެވެ.

https://sun.mv/191635

އޭގެ ތެރޭގައި ހިމެނެނީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެއެވެ.

comment ކޮމެންޓް