ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި މެންޗެސްޓާ ސިޓީ ވިމެންއާއި ސެއިންޓް ޕޯލްޓެން ބައްދަލުކުރި މެޗު ސިޓީން ކާމިޔަބުކޮށްފިއެވެ.
އޮސްޓްރިއާއަށް ނިސްބަތްވާ ޕޯލްޓެންގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ. ލަނޑުންނެވެ.
ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާގެ އަންހެން ޓީމުގެ މައްޗަށް ހޯދި ކާމިޔާބީއަށް ފަހު އަމިއްލަ އިތުބާރު ބޮޑުވެފައިވާ ސިޓީ ވިމެންއިން މި މެޗު ވެސް ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފަސްވަނަ މިނެޓުގައި އެލާނާ ކެނެޑީ ޖަހައިދިން ލަނޑުން މެޗުގެ ލީޑު ސިޓީން ނެގުމެވެ. ނަމަވެސް، ޕޯލްޓެންއިން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެލެނީ ބުރުންތާލާއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ޕޯލްޓެންގެ ކަމީލާ ޑުބްކޯވާ ޖަހައިދިން ލަނޑުން އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައި ސިޓީއަށް ސިހުން ގެނުވާފައެވެ. ނަމަވެސް، މި ލީޑު ޕޯލްޓެންއަށް ހިފެހެއްޓޭވަރުވީ ހަތަރު މިނެޓަށެވެ. މިގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސިޓީން ވަނީ އައޮބާ ފުޖީނޯ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުން ސިޓީ މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެރީ ފައުލާއެވެ.
މި ކާމިޔާބީއާ އެކު ސިޓީ ވިމެން މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. އަދި، ޕޯލްޓެން އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.