ކުރީގެ ޗައިނާ ސަފީރު އަޒީމާ އިންޑިއާ ސަފީރުކަމަށް އައްޔަންކުރަނީ

އަޒީމާ --

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބުގެ ދައުރު ހަމަވާން ކައިރިވެފައިވުމާއެކު އެ މަގާމަށް ދެން އައްޔަންކުރާނެ ސަފީރެއްގެ ގޮތުގައި ޗައިނާ ސަފީރުކަން ކުރިން ކުރެއްވި އާއިޝަތު އަޒީމާގެ ނަން، މަޖިލީހަށް ފޮނުވައިިފިއެވެ.

މިއަދު އޮތް މަޖިލީހުގެ 20ވަނަ ދައުރުގެ 34ވަނަ ޖަލްސާއަށް މ. ވިއެނާފުށި، އައިޝަތު އަޒީމާގެ ނަން މަޖިލީހަށް ފޮނުވުމާއެކު މިހާރު އެ ނަން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އަޒީމާ ހުންނެވީ ޗައިނާ ސަފީރުކަމުގެ މަގާމުގައެވެ.

މިހާރު އިންޑިއާ ސަފީރުކަމުގެ މަގާމުގައި ހުންނެވި ޝަހީބު މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ސަރުކާރުގައި 2022ވަނަ އަހަރުގެ އޮކްޓޫބަރު 10ގައެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

comment ކޮމެންޓް