ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކ. ގާފަރުގައި އޭޓީއެމް ސެންޓަރެއް ހުޅުވައި، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ގާފަރުގައި ހުޅުވި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ އިތުރުން ބިލަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ގާފަރުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުން --- ފޮޓޯ/ ބީއެމްއެލް
މިކަމާ ގުޅޭގޮތުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، އެ ރަށުގައި ހުޅުވި އޭޓީއެމް ސެންޓަރަކީ ކަސްޓަމަރުންނަށް ބޭނުންވާ ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އެ ބެންކުން ކުރަމުން އަންނަ މަސައްކަތުގެ މިސާލެއް ކަމަށެވެ.
ގާފަރުގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު ކ. އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ ދެ ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ހަ ރަށެއްގައި މިވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފަ
ބީއެމްއެލް އިން އަންނަނީ 20 އަތޮޅުގައި 39 ބްރާންޗާއި 89 ސެލްފް ސާވިސް ބެންކިން ސެންޓަރުގެ އިތުރުން 144 އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.