ރާއްޖޭގެ ތާރީޚާއި މައުލޫމާތު ޒަމާނީކޮށް ރައްކާކުރުމަށް ޑިޖިޓަލް ޕްރިޒަވޭޝަން ޕްރޮޖެކްޓެއް ފަށައިފި

ރާއްޖޭގެ ތާރީޚާއި މައުލޫމާތު ޒަމާނީކޮށް ރައްކާކުރުމަށް ޑިޖިޓަލް ޕްރިޒަވޭޝަން ޕްރޮޖެކްޓެއް ފަށައިފި: ޕްރޮޖެކްޓް ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އިބްރާޙިމް ވަހީދު (އަސްވާޑު) -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދިވެހިރާއްޖޭގެ ތާރީޚާއި މައުލޫމާތު، ޑިޖިޓަލް ނިޒާމަކުން ރައްކާކުރުމަށްޓަކައި "ޖިޓަލް ޕްރިޒަވޭޝަން ޕްރޮޖެކްޓް (ޑީޕީޕީ)" ގެ ނަމުގައި ޕްރޮޖެކްޓެއް އިއްޔެ ފަށައިފިއެވެ.

މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާޙިމް ވަހީދު (އަސްވާޑު) އަދި ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އާމިރު އަހުމަދު (ފަރެސް) އެވެ.

ޒަމާނީ ޑިޖިޓަލް ނިޒާމަކުން ރާއްޖޭގެ ތާރީޚާއި ރާއްޖެއާ ގުޅޭ މުހިންމު މައުލޫމާތު ރައްކާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ނެޝަނަލް އާކައިވްސްއިން ބުނި ގޮތުގައި މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެކެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ނެޝަނަލް އާކައިވްސްއިން ވަނީ ޑިޖިޓަލް ޕްރިޒަވޭޝަން ކެޕޭސިޓީ ތަރައްގީ ކުރުމަށް އަމަލީ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ.

ޑީޕީޕީގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސާވޭގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ނިންމާލައިފައެވެ. އެ ސާވޭއިން އެނގުނު ގޮތުގައި ޑިޖިޓަލް އާކައިވް ހެދުމަށް ބަޖެޓާއި ވަސީލަތްތައް ބޭނުންވެއެވެ. ޑީޕީޕީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ ޑިޖިޓަލް އާކައިވްއެއް ގާއިމުކުރުމަށެވެ. އެގޮތުން ޕްރޮޓޮޓައިޕް ޓެސްޓު ކުރުން ހިމެނެއެވެ.

ޑީޕީޕީގެ ސަބަބުން ނެޝަނަލް އާކައިވްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނެ ފައިދާތައް:

  • މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ލިބުން
  • މުވައްޒަފުންގެ ބެސްޓް ޕްރެކްޓިސްތައް ދަސްކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ތަމްރީނުކޮށް، ގާބިލުކަން އިތުރުވުން
  • ގާނޫނީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް އަމަލުކުރުން
  • ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް
  • ނެޓްވޯކިންއާއި ނޮލެޖް ޝެއާކުރުން

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މި ނިޒާމު ގާއިމުކުރަނީ ބްރެޒިލްގެ ކުންފުންޏަކާއި ޔޫކޭގެ ކަމާބެހޭ ތަޖުރިބާކާރުންތަކަކާ ގުޅިގެންނެވެ.

comment ކޮމެންޓް