ރައީސް މުއިއްޒާއި އިންޑިއާގެ ރައީސް ބައްދަލުކުރައްވައިފި

ރައީސް މުއިއްޒާއި އިންޑިއާގެ ރައީސްގެ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެގައުމުގެ ރައީސް ދްރޫޕަތީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސާއި އިންޑިއާގެ ރައީސް ބައްދަލުކުރެއްވީ ރާޝްތުރަޕަތީ ބަވަންގަގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ގުޅުންތަކާ ގުޅިގެން ވާހަކަ ދައްކަވާފައެވެ.

ދްރޫޕަތީ ވިދާޅުވީ، އެގައުމުގައި ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖެއަކީ އިސްކަންދޭ ގައުމެއްކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މިއަދު ވަނީ އެގައުމުގެ ނައިބު ރައީސް، ޖަގްދީޕް ދަންކާރާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް، އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރާ އާއެކު -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އެތައް ޤަރުނެއްވީ ތާރީޚެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިފައިވާ މިންވަރުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ޤައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ތާރީޚީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި ފާހަގަކުރައްވާފަައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސްގެ މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުއާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައި ވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

comment ކޮމެންޓް