މިއަހަރު މިހާތަނަށް 300އަށް ވުރެ ގިނަ ސޮކްލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: މިއަހަރު 300 އަށް ވުރެ ގިނަ ސޮކްލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރު މިހާތަނަށް 300އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ، އަހަރުގެ މިހާތަނަށް 52 ސޮކްލާޝިޕް ސްކީމް އިއުލާނުކޮށްފައިވާ ކަމަށާއި އެ ސްކީމްތަކުގެ ދަށުން 345 ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

ސްކޮލާޝިފް ފުރުސަތުތަކުގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުގައި 681 ދަރިވަރުން މި އަހަރު ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެެވެ.

މީގެއިތުރުން، މި އަހަރު ސްކޮލާޝިފް ދޫކޮށްފައިވާ ސްކީމްތަކުގެ ތެރޭގައި މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް އަދި އެކައުންޓިން ސްކޮލާޝިޕް ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތުގެ އިތުރުން ޖަޕާން ފަދަ ބޭރުގެ ގައުމުތަކުގެ ޚަރަދުގައި ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަޝިޕްގެ އެތަށް ފުރުޞަތުތަކެއް ހުޅުވާލާފައިވާ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެންމެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ވަނީ ހާސިލުކޮށްފައެވެ.

comment ކޮމެންޓް