މާލެ ސިޓީ ކައުންސިލުން 50 ސްކޮލަޝިޕް ފުރުސަތު ހުޅުވައިލުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސްޓްރޯންގް ސިޓީސް ނެޓްވޯކާ ގުޅިގެން މާލެ ސިޓީ ކައުންސިލަށް ވަނީ ޕާކިސްތާނުން 50 ސްކޮލަޝިޕުގެ ފުރުސަތު ލިބިފައި ކަމަށެވެ.
އެއިން ކޮންމެ ސްކޮލަޝިޕެއް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު މަހާއި، ހަ މަހާ ދޭތެރޭގެ މުއްދަތަކަށެވެ. އޭގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދޭނީ ސްޓްރޯންގް ސިޓީސް ނެޓްވޯކުގެ ފަރާތުންނެވެ.
މޭޔަރު ވިދާޅުވީ ވަކި ޚާއްސަ ދާއިރާތަކަކުން ސްކޮލަޝިޕު ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގެ ފަރާތުން އެދިފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގެ ތަމްރީނުތަކާއި، ތުއްތު ކުދިންނަށް ކިޔަވައިދިނުމާއި، ސެން ޓީޗަރުން، ސޮފްޓްވެއާ އިންޖިނިއަރިން، ސައިބާ ސެކުރިޓީ އެކްސްޕަޓީސް، ކޮމްޕިއުޓާ ސްޕެޝަލިސްޓްް ފަދަ ދާއިރާތައް ހިމެނެއެވެ.
މީގެ އިތުރުން ވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑޭޓާ ސައިންސް އަދި ބްލޮކްޗެއިން ޑިވަލޮޕިން ފަދަ ދާއިރާތަކުން ފުރުސަތު ހަމަޖައްސައިދޭން ކައުންސިލުން އެދުނު ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި މި ސްކޮލަޝިޕުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ. އެއާއެކު މި ސްކޮލަޝިޕުތަކަށް ޝަރުތު ހަމަވާ ދަރިވަރުން، މި އަހަރުގެ ތެރޭގައި ޕާކިސްތާނަށް ފޮނުވަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ކިޔަވާކުދިން މި ސްކޮލަޝިޕުތަކަށް އެދި ހުށަހެޅުމަށް މޭޔަރު އެދިވަޑައިގަތެވެ.
ސިޓީ ކައުންސިލުން، މޭޔަރު އާޒިމް އިސްވެ، ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި މަޝްވަރާ ވެސް ކުރައްވައެވެ. އޭގެ ތެރެއިން ކައުންސިލަށް ފަހިވާނެ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައެވެ.
comment އައިމަން
4 month 3 week ago
ސިޓީ ކައުންސިލުން ކޮންމެހެން ކުރަންޖެހޭ ކަމެއްނޫން މިއީ، ސިޓީ ކައުންދިލުން ކުރަންވީ ކަމަކީ ސަރުކާރާއި ގުޅިގެން މާލެއަކީ އިންސާނުން ދިރި އުޅެން ކަމުދާ ތަނަކަށް ހަދަން މިރަށުގައި ދަތި ޙާލުގައި ކުދިކުދި މުޑުދާރު ތަންތަނުގައި ދިރިއުޅޭ މީހުންނަށް ސާފުތާހިރު ހަމަޖެހިގެން ދިތިއުޅެވޭނެ ގޮތް ތަނަވަސް ކޮށްދިނުމަށް މަސަކަތް ކުރަންވީ ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާ ޚަރަދުކުރުން މުހިއްމީ، ސިނަމާލެ ފްލެޓްތައް 20 ނުވަތަ 15 ބުރިއަށް ހަދާފައި މިދެންނެވިހެން ކުދި ދަތި ތަންތަން ސަރުކާރަށް ނަގާފައި ބަދަލުދީފައި އެމީހުން ފާހަގަކޮށް އެމީހުންނަށް ބޯހިޔާވަހިކަން ދޭންވީ، ދެން އެބިންކޮޅުތައް ވައިސާފު ޕާކުތަކަކަށް ހަދާފައި ބަލަހައްޓަންވީ، މަގުތަކާއި ޕާކުތަކަށް ހަޑިވާ ގޮތައް އަމަލުކުރާމީހުން ޖޫރިމަނާކުރަންވީ، ދޮގެއްތަ މިއީ،