Dhiraagu
Ooredoo

ބައްސާމަށް އެޕާޓްމަންޓް ހަވާލުކުރަން އިތުރު ވަގުތުދިނީ އިންސާނީ ކަރާމަތަށް ވިސްނައިފައި: ފުލުހުން

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރަން އިތުރު ވަގުތު ދިނީ އިންސާނީ ކަރާމާތަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ADK GENERAl

އެޕާޓްމަންޓު ހަވާލުކުރުމަށް އެދި ފުލުހުން ފޮނުވި ނޯޓިސްގައިވަނީ އިއްޔެގެ ކުރިން އެ އެޕާޓްމަންޓުތައް ހަވާލުކުރުމަށެވެ. އަދި އިއްޔެގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލު ނުކޮށްފިނަމަ، ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމަށް އެ ނޯޓިސްގައިވެއެވެ.

ނަމަވެސް، ބައްސާމުގެ ވަކީލުގެ ފަރާތުން އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ އެޕާޓްމަންޓު ހަވާލުކުރުމުގެ މުއްދަތި މި މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދިފައެވެ.

އެގޮތުން، ހާލަތަށް ރިއާޔަތްކޮށް އެޕާޓްމަންޓު ހަވާލުކުރުމަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައި ވާކަން ބައްސާމަށް ލިޔުމުން އަންގާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

މިއަދު އެކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަން އަމުުރުކޮށްފައިވާކަމަށެވެ.

އެޕާޓްމަންޓުތަކަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ދިރިއުޅޭ އެޕާޓްމަންޓުތަކަކަށް ވާތީ އެ ކަމަށް ރިއާޔަތްކޮށް އިތުރު ވަގުތު ދިނީކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް އަދީލް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.

ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Redstar
comment ކޮމެންޓް

comment ޜަފް

6 month 3 week ago

ޤިޔާމަތް ދުވަހުންވެސް ތިކަރާމާތް ކަލޭމެން ދޭން ތިބޭނެން ދޯ

comment ފިލިވަގު

6 month 3 week ago

ބައްސާމް ލާރިގަނޑު ކާލިއިރު ދިވެހީންގެ ކަރާމާތަށް ވިސްނާނުލާ.

comment މިސްޓަރ ބޯލަ

6 month 3 week ago

މީނަ މިއޮތްބޮޑު ވައްކަން ކުރި އިރު ބައެއް ބޮޭތި ކުލަބްތަކުން މީނައަށް މަގު ފަހިކޮށްދިން. އެ ކްލަބްތަކަށްވެސް ފިޔަވަޅު އަޅަންޖެހޭ.

comment ކާސިމު

6 month 3 week ago

ވަރަށް ރަގަޅު. އޭރަށްތާ އެދެއެޕާރޓްމަންޓުގައި ފޮރުވާފައި ހުރިއެއްޗެތި ނެރެވޭނީ. ފުލުހުން ހަވާލުވާއިރު އެއްވެސް ޣައިރު ގާނޫނީ އެއްޗެއް ނުފެންނާނެ. މައްސަލަ ނިމޭނީ މިދެއެޕާރޓްމަންޓްއަކީ އޭނާގެ އަމިއްލަ ފައިސާއިން ގަތްތަނަކަށްވެ ދައުލަތުން މިދެތަން އޭނާއަށް އަނބުރާދީ އަދި ގެެއްލުމުގެ ބަދަލުގައި އެއްމިލިއަން ޑޮލަރު ދިނުން. މިއީ ދުވާލު އުޑުމަތިން އިރުފެންނަހެން ޔަގީންވާ ކަމެއް.

comment ދިވެހިރައްޔިތެއް

6 month 3 week ago

އަދިވެސް އެޕާރޓްމެންޓްތަކުން 1މަސްދުވަހުގެ ކުލިކާން ވަގުކަލޭގެ އެވިސްނަނީ. މިދެން ކިހާބޮޑުވަބާއެއް. ވަގެއްގެ އޮންނާނީ ކޮން އިންސާނީ ކަރާމާތެއް. އެހެންއެންމެންގެ ިންސާނީ ކަރާމާތް އެއްފަރާތްކޮށްފަ ބޮޑުވަގުގެ ކަރާމާތަށް މި އިސްކަންދެނީ. ޢަދުލުއިންސާފުގެ ނިޒާމަށްހަމަ ސާބަސް.

comment މޮޔަސޮރު

6 month 3 week ago

ތި ބުނާ ކަރާމާތެއް ނެތްތަ ތިތާފުޓުބޯޅަ ކުޅޭ ހުރިހާމީހުންގެ ، މިކަލޭގެ އެންމެންގެ ކަރާމަތަށް އަރާފަ ދެން ކޮން މުދި ކަރާމަތެއް!

comment ގައުމު

6 month 3 week ago

މިކަހަލަ މީހުންގެ ކޮން ކަރާމާތެއް. ފުލުހުންވެސް ގަނެލާފަ. ނޫނީ ޕޮލިޓީޝަނުންގެ ބާރު ދައްކާލީ. ފުލުހުންގެ އަގު ކޮބާ؟؟

comment ލައްޕަޜޭ

6 month 3 week ago

ތި ބުނާ ކަރާމާތެއް އޮތް މީހެއްނޫން ތި ބަނަސްބުރިއަކީ

comment ރައްޔިތު

6 month 3 week ago

ހަރާމް ގޮތުގައި ހޯދި ފައިސާއިން ހޯދި ތަނެއްގައި ދިރިއުޅެ، އެ ފައިސާއިން ހޯދި މުދާ ބޭނުންކޮށް އޭގެން ކައި ބޮއެ ހަދާ މުޅި އާއިލާ އޭގެން ދިރިއުޅެމުން ދިއުން މީ ކަރާމާތްތެރި ކަމެއްތަ..؟ މި ނޫން ދުވަހެއް އޮތްކަން ނުވިސްނެނީބާ..؟

comment ފައިރާ

6 month 3 week ago

އެއީ ހަތަރުކަށިމަތި މާލޭ ބޭފުޅުން. ކީއްވެތޯ މާލޭގައި ދިރިއުޅޭނެ ތަންތަން ނުހުންނަންވީ. ތިހެން ވަގުތު ދޭންވެއްޖެއްޔާމު ތިކަމެއް ނުނިމޭނެ.

comment ސައިން އެންޑް ފައިން

6 month 3 week ago

ކޯޓްއަމުރެއް ތަންފީޛު ކުރުމުގައި ކޯޓުއަމުރުން ފުލުހުންނަށް ނުދޭ އިޚްތިޔާރެއްގެ ބޭނުން ހިފިދާނެތޯ ސުވާލު އުފެދެއެވެ. އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތަން ކޯޓުއަމުރުގައި ވާކަމަށް ބުނާއިރު، ގެއްލުން ނުވާނެ ގޮތަކަށް ތި އަމުރު ތަންފީޛު ކުރާނެ ގޮތެއް އެބައޮތްތޯ؟ އިތުރުކުރި މުއްދަތު ހަމަވާއިރު އެބޭފުޅުން ދިރިއުޅުއްވާނެ ތަނެއް ލިބޭނެތޯ؟ މިޒަމާނުގައި އިންސާނީ ހައްގުތަކާއި ކަރާމާތުގެ ވާހަކަ ދައްކައިގެން މުއްތަހަމުން ކުށުން ބަރީއަވެ ކުރިހޯދަމުން ދާކަން މީ ޙަޤީޤަތެއް. މައްސަލަ ބަލާމީހުން ބާރަށް ވައެއްލިޔަސް އެކަން އަނިޔާއަކަށް ވެގެން މުޅި މައްސަލަ ބާތިލުވެގެން އެބަދޭ.

comment ވޯލް

6 month 3 week ago

އެހެން ބައެްގެ ހައްޤު ވަގަށް ނަގާގެން ގަނެފަ ހުރި ތަނެއްގައި ތިބޭއިރު އެނގެންވާނެ ކޮންމެ ގަޑިއެއްގައިވެސް ނުކުްނަންޖެހި ދާނެކަން، އެހެންވީމަ ވައްކަން ކޮށް މީހުންގެ ހައްޤު ނުކާންވީ.

comment ވޯލް

6 month 3 week ago

ވައްކަން ކުރިއިރު ތިޔަކަން ވިސްނާލަންޖެހޭނެ. ކުރާނެ ކަމެއްކޮށް ހޮދާނެ މޮޅު ހޮދާނިމުނީމަ ދެންތިބި ހައްޤު ގެއްލުން މީހުންގެ ހަޢްޤު ޤުރުބާންކޮށްފައެއް ނޫން ކަރާމާތައް ވިސްނާނީކީ. އެތަކެއް މިލިއަން ވަގަށް ނެގޭމި އޭގެ ސަބަބުން ހައްޤު ގެލުނު އަދި އޭގެ ސީދާ އަސަރުކޮށް އެތަކެއް ބައެއްގެ އިންސާނީ ކަރާމަތް ފުންޑުފުންޑު ވެގެންގޮސަށް އޮންނާނީ. މިޒަމަނަކީ ވައްކަން ކުރާ މިހުންގެ ހައްޤު މާ ބޮޑު ޒަމާނެ. ނިއުޓަންގެ ލޯއޮފް އެކްޝަން ގައި " އެވްރި އެކްޝަން ހޭޒް އަން އީކުއަލް އޮޕޮސިޓް ރިއެކްޝަން" މިހެން ބުނަނީ ކަމެއް ވީމަ.

comment ދޮން ބަބުރު ސޮރު

6 month 3 week ago

ގައޮމީ ކަރާމަތަށް ވުރެއް ރައްޔިތުންގެ ކަރާމަތް ދައްވީ ގޮތެއް ނުބުނެ، ގައޮމުގެ ޤާނޫނު ނަގަހަށްޓަން ހުވާ ކޮއްގެން ތިބި ބަޔަކު، އިންސާނީ ކަރާމާތުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ވަތިކަމެއް، ފުރަތަމަ އެމީހަކުގެ ކަރާމަތަށް ބަލަން ޖެހޭނީ އެ މީހެއް އެއަށް ނުބަލާ ވައްކަން ކުރި މީހަކުގެ ކަރާމަތަށް އެހެން މީހުން ބަލާނީ ކިހިނެއްތޯ؟ މިގައޮމުގަ ހުރިއްޔާ ހުރި ހުރިހާ މުއައްސަސާ ތަކަކީ ކޮރަޕުޓު ބޮޑެތި ވައްކަމުގެ ބަލި ތަކެއް ވީމަ ދައްކާ ބަހަނާ.!