ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުުރު ވަގުތު ދިނުމަށް ބައްސާން އެދިއްޖެއެވެ.
ފުލުހުން ފޮނުވި ނޯޓިސްގައިވަނީ މިއަދުގެ ކުރިން އެ އެޕާޓްމަންޓުތައް ހަވާލުކުރުމަށެވެ. އަދި މިއަދުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލު ނުކޮށްފިނަމަ، ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމަށް އެ ނޯޓިސްގައިވެއެވެ.
"ސަން"އިން މިއަދު، ބައްސާމް އެ އެޕާޓްމަންޓްތައް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވޭތޯ ޔަގީންކުރުމަށް ސުވާލުކުރުމުން ފުލުހުން ބުނީ ބައްސާމް އެދިފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް އިތުރު ވަގުތު ދިނުމަށް ކަމަށެވެ.
އެގޮތުން އޭނާގެ ވަކީލުންގެ ފަރާތުން ފޮނުވި ސިޓީއެއްގައި، މި މަހު 31އާ ހަމައަށް އިތުރު ވަގުތު ދިނުމަށް އެދިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެއާއެކު ފުލުހުން އެ ކަމުގައި ޖަވާބެއް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން ދިވެހި އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް އަދީލް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.
ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
comment ދޮން ބަބުރު ސޮރު
6 month 3 week ago
އަދިވެސް އޭނަ ބޭނުން ވާ ގޮތެއްތޯ، ރައްޔިތުންގެ ފައިސާ ވަގަށް ނެގީ އޭނަ ބޭނުން ވީމަ އެކަމަކު އޭނަޔަށް އެ ނުނެގޭނެ މިހާރު އެ ފައިސާއިން ގަނެފައި ހުރި އެއްޗެއް ނަމަ އެ ޙަވާލު ކުރަން އިތުރު ވަގުތު ދޭން ޖެހޭތޯ؟؟ އެތާ ހިރިޔާ ހުރީ ރައްޔިތުންގެ މުދާ
comment ހަމަހަމަކަން
6 month 3 week ago
ރުފިޔާގަނޑު ކާލި އިރު މީނަ އެއްމެ މިނެޓެއް ވެސް މަޑުކޮށްލިބާ
comment ދިވެހިރައްޔިތެއް
6 month 3 week ago
އަދިވެސް ވަގުކަލޭގެއަށްތަ އިތުރުފުރުޞަތުދޭންވީ. ލަދުވެސްކުޑައެއްނޫންތައަޅެ؟ ކިތައްއަހަރު ލާރިގަނޑުވަގަށްނަގައިގެން ތި އުދުހުނީ. މިހާރުން މިހާރަށް އެޕާރޓްމަންޓްތައް ފުލުހުންނާ ޙަވާލުކުރޭ! ތިކަހަލަ ޚިޔާނާތްތެރި ވަގުންނަކަށް އެއްވެސްފުރުޞަތެއް ދޭނެކަމެއްނެތް. މިހާރުހުންާނީ ވާވަރުވެފަ.
comment މުހްތާރު
6 month 3 week ago
ތިގޮތައް ބައްސާމް އެދިފައިވާނަމަ އެތަންތަން ގަނެފައިވަނީ އެއްފޭއެމްގެ ލާރިންކަން ރައްޔަތުންނައް ޔަގީންވޭ ވަރައްސަލާން
comment އަޙުމަދު
6 month 3 week ago
އަދި މިވީތަނަށް ޚިޔާނާތްވެގެން ހޯދި ގެއެއް ތަނެއް މުދަލެއް އަތުލެވިފައެއް ނެތްކަންނޭގެ.. އަމުދުން ދައުލަތުގެ ބޮޑެތި ބޮޑެތި ބޭފުޅުންގެ ފަރާތުން ކިތައް މިލިއަން ޚިޔާނަތް ވެފައިހުރީ.. ވީކަމެއްހަރާން ހަމައެކަނި ހުކުމްއަންނަނީ ރިހާކުރުފުޅިއެއް އޯމޯފުޅިއެް ވަގަށް ނަގާ މީހަ ހުކުމް ތަންފީޒުވެސް ވަނީ މިކަހަލަ ކުދި ޒަރޫރީ ބޭނުމަށް ވައްކަން ކުރާ މީހާ... ދައުލަތް ޅޫޓްވާމީހުން ނަަށް އެއްވެސް ކަމެއްނުވާނެ...
comment އައްޕަ
6 month 3 week ago
މައުރީނާ ދެމީހުން ޖަލަށް ލާބަލަ އެތާ ފައިވްސްޓާރ ގަ އޮވެވޭނެ
comment ލޮލީސޭޓު
6 month 3 week ago
އަހަރެމެންގެ ފައިސާއިން ގަނެގެންހުރި ތަނުން ވަގުތުން ވަގުތައް ނިކުމޭ! އަވަސް ކުރޭ! ޕެރިސް ހިލްޓަން ވެސް ދެމީހުންވެސް