ނުރައްކާތެރި ކަމެއް؛ ކެމިކަލް ގުދަންކުރާ 31 ތަނަކާއި ކެމިކަލް ވިއްކާ 24 ފިހާރައެއް މާލޭގައި!

"އޮޕަރޭޝަން ހިރާސް ފާސް"ގެ ދަށުން ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ތަނަކާއި ކެމިކަލް ވިއްކާ 24 ފިހާރައެއް މާލެއިން ބަލައި މައުލޫމާތު އެއްކޮށްފި --- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ތަނަކާއި ކެމިކަލް ވިއްކާ 24 ފިހާރައެއް މާލެއިން ފެނިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީއިން މިއަދު ވަނީ ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ "އޮޕަރޭޝަން ހިރާސް ފާސް"ގެ އަދާހަމަ ހިއްސާ ކޮށްފައެވެ.

އެގޮތުން، މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން މީހުން ދިރިއުޅޭ 347 އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އޮޕަރޭޝަން ހިރާސް ފާސް"ގެ ދަށުން ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ތަނަކާއި ކެމިކަލް ވިއްކާ 24 ފިހާރައެއް މާލެއިން ބަލައި މައުލޫމާތު އެއްކޮށްފި --- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

އަދި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނަކާއި ކެމިކަލް ވިއްކަމުން އައި 24 ފިހާރައެއް ބަލައި މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަހުގެ ފުރަތަމަ 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެއެވެ.

"އޮޕަރޭޝަން ހިރާސް ފާސް"ގެ ދަށުން ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ތަނަކާއި ކެމިކަލް ވިއްކާ 24 ފިހާރައެއް މާލެއިން ބަލައި މައުލޫމާތު އެއްކޮށްފި --- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ގްރޭޓާ މާލެ އޭރިއާގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މި އޮޕަރޭޝަން ފަށާފައިވަނީ ގަވާއިދާ ޚިލާފަށް ކެމިކަލް ގެންގުޅެ ގުދަންކުރާ ކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑުވެފައިވަނިކޮށެވެ.

ގަވާއިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުމުގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާ، މީހުންގެ ފުރާނައަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ.

comment ކޮމެންޓް