ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ހަ ބިދޭސީން އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަނިކޮށް އަތުލައިގަތް ހަ ބިދޭސީން

ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ކުރި ހަ ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

މި އިންސްޕެކްޝަނުގައި ފަސް އަންހެނުންނާއި ފިރިހެނަކު އަތުލައިގަނެވިފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހުންކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ތެރޭގައި ހިމެނެނީ، އުމުރުން 39 އަހަރުގެ އަންހެނަކާއި، 36 އަހަރުގެ އަންހެނަކާއި، 37 އަހަރުގެ އަންހެނަކާއި، 28 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ އަންހެނެއްގެ އިތުރުން، 31 އަހަރުގެ ފިރިހެނެކެވެ.

އިމިގްރޭޝަނުން ބުނީ، ހަށިވިއްކުމުގެ ތުހުމަތުގައި އަތުލައިގަތް ބިދޭސީންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭގެތެރެއިން ތިން ބިދޭސީން އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކޮށްފައި ވާކަމަށެވެ. އަދި ބާކީ ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް