ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ، ވިދާޅުވީ ގުޅުން ވަރުގަދަކުރަން އެދޭކަމަށް

ރައީސް މުއިއްޒު: ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ، ވިދާޅުވީ ގުޅުން ވަރުގަދަކުރަން އެދޭކަމަށް --

ޖަޕާނުގެ އާ ބޮޑުވަޒީރު ޝިގެރޫ އިޝިބާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިޝިބާއަށް ރައީސް ފޮނުއްވި ސިޓީއެއްގައި ވަނީ، ޕްރައިމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އެ ގައުމަށް އިތުރު ކާމިޔާބީ ގެނެސްދެއްވާނެކަމަށް ޝައްކު ނުކުރައްވާކަމަށެވެ.

އަދި ޖަޕާނު ސަރުކާރާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން އެދޭކަމަށް ވެސް އެ ސިޓީގައި އެމަނިކުފާނު ލިޔުއްވާފައި ވެއެވެ.

މި ސިޓީގައި ރައީސް ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާފައިވާ އެހީތައް ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ ޕްރައިމް މިނިސްޓަރަކަށް އިޝިބާ އައްޔަންކުރީ އެގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރު ފުމިއޯ ކިޝިދާ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ކިޝިދާ މަގާމުން ވަކިވެވަޑައިގެން މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ސަރުކާރު ހިންގާ, ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރުގެ މަގާމަށް އަލުން ވާދަނުކުރައްވާނެކަމަށް ނިންމެވިއެވެ.

އޭނާ ވިދާޅުވީ، މިއީ ޕާޓީގެ ލީޑާޝިޕަށް އާ މޫނެއް ފެންނަންވީ ވަގުތު ކަމަށާއި އާ ލީޑަޝިޕަށް އޭނާގެ ފުރިހަމަ ސަޕޯޓު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް