ބީއެމްއެލްއިން ޗެއާޕާސަން އައްޔަންކޮށް، ބޯޑު އެކުލަވައިލައިފި

ބީއެމްއެލްގެ ބޯޑު މެމްބަރުން --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑު މިއަދު އެކުލަވައިލައި ޗެއާޕާސަން އައްޔަންކޮށްފިއެވެ.

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ތިން ބޭފުޅަކު ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައެވެ. އެއީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން

އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ވަނީ ހަބީބު ޗެއާޕާސަންއަކަށް އައްޔަންކޮށްފައެވެ.

މިސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • 2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު
  • ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ
  • މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް

  • މ. ގަސީމް، މޫސާ ރަޝީދު

  • ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ

ބީއެމްއެލްގެ ބޯޑު މިއަދު އެކުލަވާލައިފައި ވާއިރު، އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އައިޝަތު ސަޖުނީ ވަނީ އިއްޔެ އިސްތިއުފާދެއްވައިފައެވެ.

ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ 24ގައި އެދިފައި ވަނިކޮށް އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޢާއިޝަތު ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.

comment ކޮމެންޓް