ބީއެމްއެލް އެޕާއި ޕޯޓަލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ

ބީއެމްއެލްގެ އެޕާއި ޕޯޓަލް މެދުވެރިކޮށް މިހާރު ޒަކާތް ދެއްކޭނެ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް އެޕާއި ޒަކާތު ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ، ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ 'މޯރ' ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކު ފެންނާނެކަމަމަށެވެ. އަދި އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތަށް ފައިސާ ދެއްކޭނެކަން އެ ބޭންކުން ފާހަގަކުރިއެވެ.

ބީއެމްއެލް މޮބައިލް އެޕާއި ޒަކާތް ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެކަމަށް ބޭންކުން ބުނެއެވެ.

މިދިޔަ އަހަރު ވެސް ބީއެމްއެލްގެ އެޕާއި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

comment ކޮމެންޓް