ޗެންޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ޓީމުތަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު ބީއެމްއެލްއިން ދެނީ

ބީއެމްއެލް މާސްޓާކާޑުން ވިޔަފާރިކޮށްގެން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް:ޕޮޓޯ:ބީއެމްއެލް

ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރު ވެސް މާސްޓާކާޑު ކަސްޓަމަރުންނަށް ފަށައިފިއެވެ.

މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ޖަރުމަންގެ މިއުނިކްގައެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ޚަރަދަކާއެކު މިއުނިކްގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ޕްރޮމޯޝަންގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި:

  • މިއުނިކް ދެކޮޅު ޓިކެޓު
  • އެކޮމޮޑޭޝަން
  • ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ޓިކެޓު
  • ޕްލޭޔާ މެސްކޮޓު
  • ޕޮކެޓް މަނީ
  • ވެލްކަމް ގިފްޓެއް

އެ ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެކަމަށް ބޭންކުން ބުނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލްމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މާސްޓާކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ. ބީއެމްއެއްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕުރިންސިޕަލު މެންބަރެކެވެ.

comment ކޮމެންޓް