ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެ

ބީއެމްއެލުން ކުރިޔަށް ގެންދާ ރޯދަ ޕްރޮމޯޝަން "ރަން ފުރުސަތު"ގައި ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ވަނީ ގުޅިފައި --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެއެވެ.

ރޯދައަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު ވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ގޮތުން މާރިޗު އެކަކުން ފެށިގެން އޭޕްރީލް ހަތަކަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭނުންކުން ވަނީ ބުނެފައެވެ.

މި ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

"ރަން ފުރުސަތު" ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް