ދުނިޔޭގެ ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ކުނި ނެގުމުގެ ހަރަކާތުގައި އިއްޔެ ހަތަރު ޓަނުގެ ކުނި ނަގައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަކީ އދ.އިން ދުނިޔޭގެ ސާފުކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައި ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ކުނި ނެގުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޔުނިވާސަލް
އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނިވާސަލް އެކެޑަމީން ވަނީ ހުޅުމާލޭގައި ކުނި ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ހުޅުމާލޭ ޗެނަލް ބީޗުގައި އިއްޔެ ހެނދުނު 7:00 އިން ހެނދުނު 10:00 އަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައި ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ކުނި ނެގުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޔުނިވާސަލް
އެ ހަރަކާތުގައި ޔުނިވާސަލްގެ ހުރިހާ ރިސޯޓްތަކާއި ހެޑް އޮފީހުގެ 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ޔުނިވާސަލްއިން ބުނި ގޮތުގައި އެ ހަރަކާތުގައި ހަތަރު ޓަނުގެ ކުނި ނަގާފައިވެއެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައި ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ކުނި ނެގުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޔުނިވާސަލް
ހަމައެއާއެކު އެ ހަރަކާތުގެ ތެރެއިން ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ސާފުކުރާ ސާމާނު ވެސް ހަދިޔާކޮށްފައެވެ.
އެ ފައުންޑޭޝަނުން ވަނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (ޕާލޭ) އާއި ވެމްކޯއިން އެ ހަރަކާތަށް ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.