ސާޅީހަށް ވުރެ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރާ ސެންޓަރުތައް ގާއިމުކުރަން ލިޓަސްއަށް

ސާޅީހަށް ވުރެ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމްކުރަން ލިޓަސްއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ސާޅީހަށް ވުރެ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމްކުރަން ލިޓަސް ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އިދާރާގައި އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަފީފް ޙުސައިނެވެ.

މި އެއްބަސްވުމުގެ ދަށުން 42 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން ގާއިމުކުރާނެއެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރާ ރަށްރަށެއް، އަދި މަސައްކަތަށް ޚަރަދުވަނީ ކިހާވަރެއްކަން މިނިސްޓްރީން ހިއްސާއެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި މެދުރާއްޖެތެރޭގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ދަށުން، ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާނެ މައި ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން، މިދިޔަ ޖުލައި މަހު އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

https://sun.mv/224325

މި ފެސިލިޓީއަކީ ކުނިން ހަކަތަ އުފައްދާ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ފެސިލީޓިން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 13 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މީގެ ތެރެއިން 10 މެގަވޮޓްގެ ކަރަންޓް ގްރިޑަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

މުރުތަޟާ ވިދާޅުވިގޮތުގައި، ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފައްދައެވެ. މީގެ ތެރެއިން އެންމެ ގިނަ ކުނި އުފައްދަނީ ފަތުރުވެރިކަމުގެ ދާއިރާއިންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް