ސާޓާގެ 8ވަނަ އެޑިޝަން ރަސްމީކޮށް ފަށައިފި

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ސާޓާގެ އަށް ވަނަ އެޑިޝަންގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި---

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ސާޓާގެ އަށް ވަނަ އެޑިޝަންގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި އަހަރުގެ ސާޓާ ގާލާ އަދި އެވޯޑްސްގައި 400 އަށްވުރެ ގިނަ ނޮމިނޭޝަން ހިމެނޭ އިރު، މި ހަފްލާ ބޭއްވެނީ ދަ މާލާ ހޮޓެލް އަދި އެލޮފްޓް، ކަތުމަންޑޫ، ތާމެލްގައެވެ.

އިވެންޓުގެ ދެ ހަރަކާތެއް އޮތީ ދަ މާލާ ހޮޓެލްގައި ކަމަށާއި، ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 20ވާ ހުކުރު ދުވަހު އެލޮފްޓް، ކަތުމަންޑޫ، ތާމެލްގައި ކަމަށް ވަނީ ބުނެފައެވެ.

ސައުތު އޭޝިއާގެ ދަތުރުފަތުރުގެ ދާއިރާއިން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި އިވެންޓުގައި، ސާޓާއިން މިއަހަރު އަށްވަނަ ކާމިޔާބު އެޑިޝަން ފާހަގަކުރުމަށް ފަޚުރުވެރިވާކަމަށް ވަނީ ބުނެފައެވެ.

މި އެވޯޑްތަކަކީ ސައުތު އޭޝިއާގައި ހޮސްޕިޓަލިޓީ ދާއިރާއަށް ކުރެވޭ ޚިދުމަތްތައް ފާހަގަކޮށް އެ ކަންކަމަށް އިޙްތިރާމް އަދާކުރުމަށް ޚާއްސަކުރެވިފައިވާ އެވޯޑްސްތަކެއް ކަން ވަނީ ފާހަގަކޮށްފައެވެ.

ސާޓާގެ ފާހަގަކޮށްލެވޭ އެއް ކަމަކީ ނޮމިނޭޝަންތަކަށް ފީއެއް ނެގުމެއް ނެތި ކޮންމެ ނޮމިނީއަކުވެސް އަހަރަކު އެއްފަހަރު ބައިނަލްއަޤްވާމީ ޖޫރީއަކަށް ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހެހުމެވެ.

ސާޓާ 2024 ބޭއްވެނީ ނޭޕާލް ޓޫރިޒަމް ބޯޑު އެންޓީބީ އަދި ހޮޓެލް އެސޯސިއޭޝަން އޮފް ނޭޕާލްގެ އެހީތެރިކަމާއެކު ކަތުމަންޑޫގައެވެ.

މި އަހަރުގެ ފާހަގަކޮށްލެވޭ ޕާޓްނަރުންގެ ތެރޭގައި ގަލްފް ކްރާފްޓްސް ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް)، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އަދި ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދަ ހޯކްސް ހިމެނެއެވެ.

ބިޒްސްޕޯކް އަދި ރިސޯޓް ލައިފް ޓްރެވަލް ފާހަގަކުރެވެނީ ސިލްވާ ޕާޓްނަރުންގެ ގޮތުގައި އަދި އެލައިޑް އިންޝުއަރެންސްއަކީ މި އެޑިޝަންގެ އިންޝުއަރެންސް ޕާޓްނަރެވެ.

2016ވަނަ އަހަރު ސާޓާ އެވޯޑްސް ފެށުނީއްސުރެ، މި ހަފްލާތައް ބާއްވަމުން އަންނަނީ އެކި ތަންތަނުގައެވެ. އޭގެ ތެރޭގައި މައުންޓް ލަވީނިއާ، ގާލް، މާލެ އަތޮޅު، އައްޑޫ ސިޓީ، ބެންގަލޫރު، މުންބާއީ އަދި މިހާރު ކަޓްމަންޑޫ ހިމެނެއެވެ.

comment ކޮމެންޓް