ސްޓާލިންކް ސެޓެލައިޓްތަކުގެ ސަބަބުން ޖައްވުގެ ދިރާސާތަކަށް ހުރަސްއެޅިއްޖެ

ފޮޓޯ: ގެޓީއިމޭޖްސް

އެލޮން މަސްކުގެ ސްޓާލިންކް ސެޓެލައިޓްތަކުން ނުކުންނަ ރޭޑިއޭޝަންތަކުގެ ސަބަބުން އުޅަނދުފަހަރާބެހޭ ދިރާސާތަކަށް ބޮޑު ހުރަހެއް އެޅެމުންދާ ކަމަށް ދިރާސާ ވެރިން ބުނެފިއެވެ.

ނެދަލެންޑްސް އިންސްޓިޓިއުޓް ފޯ ރޭޑިއޯ އެސްޓްރޮނޮމީ (އެސްޓްރޮން)ގެ ޑިރެކްޓަރު ޕްރޮފެސާ ޖެސިކާ ޑެމްޕްސީ ވިދާޅުވިގޮތުގައި، މި ސެޓެލައިޓްތަކުގެ ސަބަބުން ކަޅު ވަޅުގަނޑުތަކުން ނުކުންނަ ރޭޑިއޭޝަނާއި، އެންމެ ދުރުގައިވާ ގެލެކްސީތަކާއި، އެހެން އުޅަނދުފަހަރު ދިރާސާކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ސެޓެލައިޓްތަކުގެ ދެވަނަ ޖީލު ނުވަތަ ވީ2އިން ނުކުންނަ ރޭޑިއޭޝަން ފުރަތަމަ ޖީލަށްވުރެ 32ގުނަ ވަރުގަދައެވެ.

މިހާރު ވެސް ޖައްވުގައި ސްޓާލިންކްގެ 6,402 ސެޓެލައިޓް ވާކަމަށް ލަފާކުރެވޭއިރު، 2030ވަނަ އަހަރާ ހަމައަށް މި އަދަދު 100,000އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އެސްޓްރޮނޮމަރުން ބުނާ ގޮތުގައި މި ކަމަށް އަވަހަށް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގައި ކުރެވޭ ހުރިހާ އެސްޓްރޮނޮމީގެ ދިރާސާތަކަކަށް ނުރައްކާވާނެއެވެ.

ސްޓާލިންކް އޮޕަރޭޓުކުރާ ސްޕޭސް އެކްސްއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެސްޓްރޮނޮމަރުން ގޮވާލަނީ ސެޓެލައިޓްތަކުން ނުކުންނަ ރޭޑިއޭޝަން މަދުކުރުމަށް ފިޔަވަޅުތަކެއް އަޅައި، އުޅަނދު ފަހަރާބެހޭ ދިރާސާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.

comment ކޮމެންޓް