އިމިގްރޭޝަންގެ ނަމުގައި ވަދެ ބިދޭސީއެއް އަތުން 9،000 ރުފިޔާ ފޭރިގަނެފި

އޮޅުވައިލައިގެން ބިދޭސީއެއް އަތުން ފޭރުނު މީހާ --

އިމިގްރޭޝަންގެ އޮފިސަރެއްކަމަށް ބުނެ އޮޅުވައިލައިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ، ބިދޭސީއެއްގެ އަތުން 9،000 ރުފިޔާ ފޭރިގަނެފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ބިދޭސީން އުޅޭ ތަނަކަށް ވަތް ކަމަށެވެ.

އަދި ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްގެ އަތުން 9،000 ރުފިޔާއާއި ފޯނެއް ފޭރިފައިވާ ކަމަށާއި އެ މައްސަަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ގ. ބެރުގެ، އުމުރުން 44ގެ މުޙައްމަދު ނަވީން ވަނީ ބަންދުކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮޅުވައިލައިގެން، މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް މިފަހުން ވަނީ އާންމުވެފައެވެ. މީގެ ކުރިން ފުލުހުންގެ ޔުނީފޯމް އަޅައިގެން ވެސް އޮޅުވައިލައިގެން ފޭރުމުގެ މިފަދަ ކަންކަން ހިންގި މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.

އަދި ބޭންކުގެ ނަމުގައި ގުޅައި، އެކައުންޓު މައުލޫމާތު ހޯދައި ފޭރުން ވެސް ވަނީ އާންމުވެފައެވެ.

comment ކޮމެންޓް