ސަލްމާންގެ ފިލްމަށް '3 އިޑިއަޓްސް'ގެ ތަރި ޝަރުމަން ޖޯޝީ

ސަލްމާން ޚާން އަދި އެކްޓަރު ޝާރުމަން ޖޯޝީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާން ޚާން މިހާރު މަސައްކަތް ފަށާފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު "ސިކަންދަރު"ގެ ރޯލަކަށް ހެއްވާ މަޖާ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ޝަރުމަން ޖޯޝީ ސޮއިކޮށްފިއެވެ.

މި ފިލްމަކީ ޝަރުމަން ޖޯޝީގެ އިތުރުން ވެސް ވަރަށް މުހިއްމު ތަރިން އެކި ރޯލްތަކުން ފެންނާނެ ފިލްމެކެވެ. އޭގެތެރޭގައި ބަތަލާ ރަޝްމިކާ މަންދަންނާ، ކާޖަލް އަގަރުވާލް، ޕްރަތީކް ޕަތިލް، ބައްބަރު އަދި ސަތިޔާރާޖް ހިމެނެއެވެ.

ޝަރުމަން ޖޯޝީ އަކީ އޭނާ މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރެކެވެ.

ފިލްމުގައި ޝަރުމަން ފެންނާނެ ރޯލާ ބެހޭ ތަފްސީލު ހާމަކޮށްފައި ނެތް ނަމަވެސް އެކްޓަރު ފިލްމުގައި ފެންނާނީ ވަރަށް މުހިއްމު ރޯލަކުން ކަމަށާއި ލިޑް ރޯލް ކުޅޭ ސަލްމާންގެ ކެރެކްޓާއާ ޝަރުމަންގެ ކެރެކްޓާ ވަރަށް ބޮޑަށް ގުޅިފައިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ޝަރުމަން ޖޯޝީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމ ކަމަށްވާ "3 އިޑިއަޓްސް"ގެ ޕޯސްޓަރެއް--ފޮޓޯ/ކޮއިމޮއި

ފިލްމު "3 އިޑިއަޓްސް" ގެ އެކްޓަރު ކުޅެފައިވާ މަގުބޫލު ބައެއް ފިލްމުތަކުގެ ތެރޭ "ސުޕަ ނާނީ"، "ހޭޓް ސްޓޯރީ3"، 1929 ލަންޑަން" އަދި ވަޖާ ތުމް ހޯ" ހިމެނެއެވެ.

ޝަރުމަން އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިފައި ވަނީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން ޝަރުމަން ކުޅެފައި ވަނީ މުޅިން ވެސް ތެލުގޫ އަދި ބައެއް ޖުކްރާތީ ފިލްމުތަކެވެ.

ވެބް ސީރީސްތައް ވެސް ކުޅޭ ޝަރުމަންގެ އެންމެ ފަހުން ރިލީޒްކުރި ވެބް ސީރީސް "ކަފަސް"އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ސީރީސްއެކެވެ.

comment ކޮމެންޓް