ބޮލީވުޑްގެ އޭ ލިސްޓު ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލް ލީޑް ރޯލް ކުޅޭ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
ކުޅަދާނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމު އެންމެ ކުރިން ތާވަލު ކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށެވެ. ނަމަވެސް އިއްޔެ އިއުލާނުކޮށްފައިވާ ގޮތުން ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހެވެ.
މި ފިލްމު ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފައި ވާއިރު އެކްޓަރު ޝާހްރުކާ ޚާން މުހިއްމު ރޯލް ކުޅޭ ފިލްމު "ކިންގް"ވެސް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި ތާރީޚުގައެވެ. މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ބޮޑު ސްކްރީނަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ.
ވަރަށް ވަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ލަވް އެންޑް ވޯ" އަކީ ފިލްމު "ބްރައްމަސްތުރާ"އަށް ފަހު އާލިއާގެ ދެމަފިރިން އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. މިއީ މި ދެ ތަރިންނާ އެކު ވިކީ ކޯޝަލް މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސްމެއެވެ.
ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަދި ކިންގް ޚާންގެ ފިލްމެއް ރިލީޒްކުރާ ތާރީޚު ފުށު އެރުމުން ގިނަ ބަޔަކު ވަނީ ދެ ފިލްމުގެ ނަތީޖާ ނުކުންނާނެ ގޮތެއް ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.