ވަގަށް ދިވެހި ފިލްމުތައް ރެކޯޑުކޮށް ވިއްކާ މައްސަލަ ބޮޑުވެ، އެކަން ނުކުރުމަށް ބައިސްކޯފުން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް ބައިސްކޯފުން 'ސަން'އަށް ބުނީ، އެ މައްސަލަ ދިމާވާތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ.
އެގޮތުން، ބައިސްކޯފަށް އަޕްލޯޑުކުރާ ޑްރާމާތަކާއި ފިލްމުތައް ނިކުންނައިރަށް އެ ކޮންޓެންޓުތައް ރެކޯޑުކޮށް ވިއްކާ އެތައް ބަޔަކު އުޅޭ ކަމަށް ބައިސްކޯފުން ބުނެއެވެ.
ގިނަ ބަޔަކު ދިވެހި ފިލްމު ނުބަލާ ކަމަށް އަޑު ފެތުރިފައި ވިޔަސް، ޓިކްޓޮކާއި އެހެނިހެން ޕެލެޓްފޯމުތަކަށް ލާ ދިވެހި ފިލްމުތަކަށް 'ލައްކައިން' މީހުން ބަލާ ކަން ބައިސްކޯފުން ފާހަގަކޮށްފައިވެއެވެ.
އެހެންވެ، އެކަމުގެ ސަބަބުން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަން ބައިސްކޯފުން ފާހަގަކޮށްފައިވެއެވެ.

ފިލްމީ ތަރިންތަކެއް: ވަގަށް ފިލްމު ރެކޯޑްކޮށް ވިޔަފާރި ކުރާ މައްސަލަ ބޮޑުވެ، އެކަން ނުކުރަން ބައިސްކޯފްގެ އިލްތިމާސެއް --
ބައިސްކޯފުން ސިފަކޮށްފައިވާ ގޮތުން، 'ހިލޭ' ދިވެހި ފިލްމުތައް ބެލޭ ޗެނަލްތަކާއި ޕްލެޓްފޯމުތަކަށް އަޕްލޯޑުކުރާ ފިލްމުތައް މީހުން ބަލަނީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދެވެނީ ކިހާ ބޮޑު ގެއްލުމެއް ކަން ނޭނގޭތީ ކަމަށެވެ.
"އާންމުން ބުނަނީ ދިވެހި އެއްވެސް އެއްޗެ ނުބަލައޭ އެކަމަކު ޓިކްޓޮކަށް ފިލްމެއް ލިޔަސް ލައްކައިން ވިއުސް އަރާ. ހުސް ދިވެހި ފިލްމު އޮތް [ޓެލެގްރާމް] ޗެނަލެއްގައި 30،000 މީހުން ކީއްކުރަން އެތިބެނީ،"
އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މީގެކުރިން އާމްދަނީ ހޯދަމުން އައީ އޮލިންޕަހުގައި ފިމު އަޅުވައިގެން ލިބޭ އެއްޗަކުންނާއި ޓީވީއެމްއިން ރޯދަމަހަށް ދައްކާ ޑްރާމާތަކުން ކަމަށް ބައިސްކޯފުން މައުލޫމާތު ދީފައިވެއެވެ.

ދިވެހި ފިލްމުތަކެއްގެ ޕޯސްޓަރުތަކެއް: ވަގަށް ފިލްމު ރެކޯޑްކޮށް ވިޔަފާރި ކުރާ މައްސަލަ ބޮޑުވެ، އެކަން ނުކުރަން ބައިސްކޯފްގެ އިލްތިމާސެއް --
ނަމަވެސް ސްޓްރީމިން ޕްލެޓްފޯމްތައް އުފެދެމުން އަންނައިރު، ބައިސްކޯފާއެކު ވެސް ޓީވީތަކަށް ދޭ އިންޓަވިއުތަކަށް އާމްދަނީ ލިބޭ ކަން ފާހަގަކޮށްފައިވެއެވެ.
މިފަދަ މައްސަލަތައް ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށް ބައިސްކޯފުން ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު ރިކޯޑުކޮށްގެން ފިލްމުތަކުން ވިޔަފާރި ނުކުރުމަށް ބައިސްކޯފުން އިލްތިމާސްކޮށްފައިވެއެވެ.