މަތީ އަރުތަވެރިންގެ އެވޯޑް 441 ދަރިވަރަކަށް ދީފި

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ވަނަތައް ހާސިލްކުރާ ދަރިވަރުންނަށްދޭ މަތީ އަރުތަވެރިންގެ އެވޯޑް މިއަހަރު 441 ދަރިވަރަކު ހޯދައިފި--- ފޮޓޯ/ ރައީސް އޮފީސް

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ވަނަތައް ހާސިލްކުރާ ދަރިވަރުންނަށްދޭ "މަތީ އަރުތަވެރިން"ގެ އެވޯޑް މިއަހަރު 441 ދަރިވަރަކަށް ދީފިއެވެ.

މި ރަސްމިއްޔާތު މިއަދު ބާއްވައިފައި ވަނީ ތިން ދަންފަޅިއަކަށް ބަހައިލައިގެންނެވެ. އެގޮތުން ހެނދުނާއި މެންދުރު އަދި ރޭގަނޑު ރަސްމިއްޔާތު ބައްވައިފައި ވާއިރު، މި ތިން ދަންފަޅި ވެސް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއއިްޒެވެ.

ވޭތުވެދިޔަ 2022 އަދިި 2023ވަނަ އަހަރު އޭލެވެލް އިމްތިހާނުން ނަތީޖާ ހޯދައިގެން ގައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި އޯލެވެލް އިމްތިހާނުތަކުން ދުނިޔޭ ފެންވަރުގައި ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ މި އިނާމް ހާސިލްކޮށްފައެވެ.

އޭލެވެލް ނިންމާ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ވަނީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހާސިލްކޮށްފައެވެ. އަދި ގައުމީ ފެންވަރުގައި 12 ދަރިވަރަކު އެންމެ މަތީ ވަނަ ހާސިލްކޮށްފައި ވާއިރު 27 ދަރިވަރަކު ވަނީ އޭލެވެލް ސެޓްފިކެޓް އޮފް އެކްސަލެންސް ހާސިލްކޮށްފައެވެ.

އޯލެވެލް އިމްތިހާނުން 25 ދަރިވަރަކު ދުނިޔޭގެ އެންމެ އެންމެ މޮޅު ނަތީޖާ ހާސިލްކޮށްފައި ވާއިރު 23 ދަރިވަރަކު ވަނީ ރާއްޖޭގެ އެންމެ މަތީ ވަނަ ހާސިލްކޮށްފައެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ވަނަތައް ހާސިލްކުރާ ދަރިވަރުންނަށްދޭ މަތީ އަރުތަވެރިންގެ އެވޯޑް މިއަހަރު 441 ދަރިވަރަކު ހޯދައިފި--- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ނިމިދިޔަ 2022 އަދި 2023 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނު 7000 ގިނަ ދަރިވަރުން ހަދާފައިވާއިރު އޭލެވެލް އިމްތިހާނު 2800 އަށްވުރެ ގިނަ ދަރިވަރުން ވަނީ ހަދާފައެވެ.

comment ކޮމެންޓް