ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކުން ކައުންސިލްތަކަށް ގެއްލުމެއް ނުވާނެ: ޕީއެންސީ

ޕީއެންސީގެ އިސްވެރިން: ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހުން ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ، ގެއްލުމެއް ނުވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައި --- ސަންފޮޓޯ/ އިސްމާއިލް އަބްދުލް ގަފޫރު

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލަކީ ކައުންސިލްތައް ބާރުވެރިކުރުމަށް ގެނައި އިސްލާހެއް ކަމަށާއި އެ އިސްލާހުން އެ ކައުންސިލްތަކަށް ގެެއްލުމެއް ނުވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މިއަދު ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައިވަނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާ އެކު ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކުޑަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިއަދު އެ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ކައުންސިލްތައް އިތުރަށް ހަރުދަނާ ކޮށް، އިތުރަށް ބާރުވެރިކުރުމަށް ގެނައި އިސްލާހުތަކެއް ކަމަށެވެ.

https://sun.mv/196481

މި ސަރުކާރާ ހަވާލުވުމަށް ފަހު ލޯކަލް ގަވަމަނެޓް މިނިސްޓްރީ ނަމުގައި ވަކި މިނިސްޓްރީއެއް އުފެއްދުމުން ބައެއް ކައުންސިލްތަކުން ފާޑުކިޔާފައިވާކަން ފާހަގަކުރައްވައި، ފަލާހް ވިދާޅުވީ، އެކަމުގެ ސަބަބުން ކުރިން އޮތް 'އަތޮޅުވެރިކަމަށް' ބަދަލުވެގެން ދިޔަ ކަމަށް ބައެއް ކައުންސިލްތަކުން ތުހުމަތުކުރެއްވި ކަމަށެވެ.

ޕީއެންސީގެ އިސްވެރިން: ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހުން ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ، ގެއްލުމެއް ނުވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައި --- ސަންފޮޓޯ/ އިސްމާއިލް އަބްދުލް ގަފޫރު

ނަމަވެސް އެ މިނިސްޓްރީގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުރިހަމަވެގެން ގޮސްފައިވާކަން ރައްޔިތުންނާއި ގިނަ ކައުންސިލްތަކުން ވެސް ގަބޫލުކުރާކަން ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ވެސް ހަގީގަތުގައި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލްތައް އިތުރަށް ބާރުވެރިވެގެން ދާނެ. އިތުރަށް ފުރިހަވެގެންދާނެ. އެބޭފުޅުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ. މީގެ ސަބަބުން އެއްވެސް ވަރަކަށް ކައުންސިލްތަކުގެ ބާރު ކެނޑި، ކައުންސިލްތަކަކަށެއް މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބި، އެ ބޭފުޅުންގެ މަސައްކަތުގެ މާހައުލު ކުޑަވެ، މަސައްކަތުގެ ކަންކަން ހަނިވެގެންނުދާނެ،ޕީއެންސީ ޕީޖީގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ފަލާހު ވިދާޅުވީ ސަރުކާރުން ގެންނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތައްވާނީ އިތުރަށް ބާރުވެރި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ދެ ބިލަކީ ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22ގައި ފާސްކުރި ދެ ބިލެވެ. އެ ބިލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

https://sun.mv/196600

ގިނަ ކައުންސިލްތަކުން ވެސް މި ބިލާ ދެކޮޅު ހަދާފައިވާއިރު، އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔައިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ބިލަށް ފާޑުކިޔައިފައެވެ.

އެގޮތުން، ބިނާވެށި ޕްލޭންކުރުމުގެ ގާނޫނޫގެ ދަށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެ ރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

comment ކޮމެންޓް