ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ނެގުން: އެއީ ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވޭ -- ފޮޓޯ/ އެމްވީކްރައިސިސް

ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮތް ފިރިހެނަކު މިއަދު ފެނިއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުޙައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އެ މީހާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންދިޔައީ 8:38ހާއިރު ކަމަށެވެ.

އެއީ 36 އަހަރުގެ، އެ ސިޓީއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "ސަން"އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީގެ ޑެއިޒީފެހި، މުޙައްމަދު ހަސަން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ހޮސްޕިޓަލާ ހަވާލާދީ އަލީ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ ކުޅުދުއްފުށީ ފަޅު ތެރޭގައިއާއި ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންނެވެ.

އިއްޔެ ނ. ހޮޅުދޫން ވެސް މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ.

https://sun.mv/196576

ހޮޅުދުއިން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނިފައިވަނީ ޒަޚަމްތަކަކާއެކުގައެވެ. އެ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

comment ކޮމެންޓް