ތަހުގީގަށް، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ

ނ. ހޮޅުދޫ: ހޮޅުދޫ ޒަކިއްޔާގެ މަރާ ގުޅޭ ތަހުގީގު ފަށައި، އިތުރު ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަނީ ----

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައި އޮތްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެންނަން ފުރާފައިވާ ކަމަށް އެރަށު ކައުންސިލުން މިރޭ ބުނެފިއެވެ.

ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ މިއަދު ހެނދުނު ކަމަށްވާއިރު، އެކަން އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެެއް މާލެއިން ވަނީ އެރަށަށް ގޮސްފައެވެ.

އެކަމުގެ އެންމެ ފަހުގެ ތަފްސީލާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުން ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުޙައްމަދު ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އޭނާގެ ހަށިގަނޑު މާލެ ގެންދަން ދެންމެއަކު އެރަށުން ފުރާފައިވާ ކަމަށެވެ.

ޒަކިއްޔާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާ އެކުގައެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދި މީހެކެވެ. ނަމަވެސް މި ކަން ރަސްމީ އެއްވެސް އިދާރާއަކުން، ނުވަަތަ އާއިލާއަކުން ވެސް ކަށަވަރު ނުކޮށްދެއެވެ.

ޒަކިއްޔާ މިއަދު ހެނދުނު ވެސް ބައެއް މީހުންނާ އިރުކޮޅަކަށް ވާހަކަދެއްކި ކަމަށާއި އޭގެ ފަހުން އޭނާ މަރުވެފައި އޮއްވައި ފެނުމާ މާ ގިނައިރުތަކެއް ނުވާނެކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.

ޒަކިއްޔާގެ ކަރުން ޒަޚަމްތަކެއް ފެނުނުއިރު އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް ވަނީ ބުނެފައެވެ.

https://sun.mv/196558

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭކަމަށް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް