އެމްއެމްޕީއާރުސީން ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓުގައި ބައިވެރިވެއްޖެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ޗައިނާގެ ހައިނާންގައި ބޭއްވި "2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް"ގެ ތެރެއިން--- ފޮޓޯ/ އެމްއެމްޕީއާރުސީ

ޗައިނާގެ ހައިނާންގައި ބޭއްވި "2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް" ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބައިވެރިވެއްޖެއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެހީތެރިކަމާއެކު މި ޝަރަފުވެރި ހަރަކާތް ކުރިއަށް ގެންދިޔައީ ސަންޔާ ސިޓީގެ ބިއުރޯ އޮފް ޓޫރިޒަމް، ކަލްޗާ، ރޭޑިއޯ، ޓީވީ އެންޑް ސްޕޯޓްސް އާއި ސަންޔާ ޓޫރިޒަމް ބޯޑު ގުޅިގެންނެވެ.

މި ހަރަކާތުގައި ރާއްޖޭގެ ވަފުދުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ޢަބްދުﷲ ޤިޔާސް ރިޔާޒާއި ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ.

މި ހަރަކާތުގައި ޢަބްދުﷲ ޤިޔާސް ވަނީ، "ދަ މޯލްޑިވްސް ސްޓޯރީ އެންޑް އިނޮވޭޓިވް ޓޫރިޒަމް މާކެޓިން ފޯ ޓްރޮޕިކަލް ސިޓީސް" މި މައުޟޫއަށް، އިވެންޓުގެ ތީމެޓިކް ޝެއަރިން ބައިގައި ވާހަކަ ދައްކަވާފައެވެ.

ޗެއަޕާސަންގެ ވާހަކައިގައި، ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލަކަށްވާ ތަފާތު ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، އެންމެ މަތީ ފަންތީގެ ޓްރޮޕިކަލް ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ އިނޮވޭޓިވް މާކެޓިން ސްޓްރެޓެޖީތައް ވެސް އޭނާ ހިއްސާކުރެއްވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ޗައިނާގެ ހައިނާންގައި ބޭއްވި "2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް"ގެ ތެރެއިން--- ފޮޓޯ/ އެމްއެމްޕީއާރުސީ

މީގެ އިތުރުން، "އިންސައިޓް ސެޝަންސް: އިންޓަނޭޝަނަލް ޓޫރިޒަމް މާކެޓިން"ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތަޖުރިބާކާރުންގެ ތެރޭގައި ސީއީއޯ ޝިއުރީ އާއި ޤިޔާސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން ޕަބްލިކް ޕްރައިވެޓް ކޮލަބްރޭޝަންއާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަޕްސްކިލްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަމުގެ އާމްދަނީ ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބެހުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުން ފަދަ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން މި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ޒިންމާދާރު ފަތުރުވެރިކަމުގެ އުސޫލުތަކާއި ދެމެހެއްޓެނިވި ކުރިއެރުމަށް ޕަބްލިކް ސެކްޓާ އާއި ޕްރައިވެޓް ސެކްޓާގެ މެދުގައި އޮންނަ އެއްބައިވަންތަ ވިސްނުމުގެ މައްޗަށް،" ޕެނަލް ޑިސްކަޝަންގައި ޝިއުރީ ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ޗައިނާގެ ހައިނާންގައި ބޭއްވި "2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް"ގެ ތެރެއިން--- ފޮޓޯ/ އެމްއެމްޕީއާރުސީ

ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓުއަރިޒަމް 2024 އިވެންޓުން ވަނީ އެކިއެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ މާހިރުންގެ ވިސްނުން ހިއްސާކުރުމަށް އިންޑަސްޓްރީގެ ފަންނުވެރިންނާއެކު ނެޓްވޯކިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

އަދި ޓްރޮޕިކަލް ކޯސްޓަލް ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ފުރުސަތުތައް ހޯދުމަށް އަގުހުރި ޕްލެޓްފޯމެއް ވަނީ ފަހިކޮށްދީފައިއެވެ.

މީގެ އިތުރުން ތީމެޓިކް ޝެއަރިންގް އާއި އިންސައިޓް ސެޝަންތަކުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިންޑިޖިނަސް ފަތުރުވެރިކަމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ކޮލިޓީއާ ގުޅޭ ކޮންކަރަންޓް ސެޝަންތަކުގެ އިތުރުން ބިޒްނަސް މެޗިން ސެޝަނެއްނވެސް މި ހަރަކާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް