ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ: އޭނާ އިސްތިއުފާ ދެއްވައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، ކާލް އިއްޔެ ސީއީއޯކަމުން އިސްތިއުފާ ދެއްވި ނަމަވެސް މި މަހު 21 ގައި ބާއްވާ ޚާއްސަ އާންމު ޖަލްސާ (އީޖީއެމް)އާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

އެކަމަކު، ކާލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ބީއެމްއެލުން ނުބުނެއެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.

ނޫރައްދީން ބޭންކްގައި ޚިދުމަތްކުރައްވާތާ 42 އަހަރު ވެއްޖެއެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

https://sun.mv/196001

އޭގެ ފަހުން ސީދާ ރައީސް މުއިއްޒު ވަނީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތ