އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއް، ނުފޫޒު ނުފޯރުވާ މައްސަލަ ބަލާނަން: ރައީސް

އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއް، ނުފޫޒު ނުފޯރުވާ މައްސަލަ ބަލާނަން: ރައީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނިންމުމާ ގުޅިގެން އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއްކަމަށާއި، ނުފޫޒު ނުފޯރުވާ މައްސަލަ ބަލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ގާނޫނު އަސާސީގައި އޮތް ގޮތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމި ނިންމުން އިއުލާނުކުރަން އުޅޭކަން އެ މަނިކުފާނަށް އެނގިވަޑައިގަތް ހިސާބުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އެހެން ނަމަވެސް އެ ނިންމުން ނެރުނީ، އެ މަނިކުފާނުގެ އަޑު ނާހައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ މަސައްކަތް ކުރީ ވަރަށް ދުރާލާ ރާވައިގެންނެވެ. އެ ގޮތުން ކައިރި ބައެއް ގައުމުތަކުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމުގެ މިސާލު ދައްކައިގެން ހިތްވަރުދިނުމަށް މަސައްކަތްތަކެއް އެޕާޓީން ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ރޭވިގެން ކުރި ކަމެއް. އެ ކުރި ގޮތެއް ބަލަން ފުލުހުން އެވަނީ ފަށާފައި، ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެ ބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ، އެ ދާނީ ރައްޔިތުންނާ ވެސް ހިއްސާ ކުރަމުން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލުމުން މިއީ ބަޣާވާތެއްކަން ވިސްނޭނެކަމަށެވެ.

"އެހެންވީމާ ސަރުކާރު ގައިރު ގާނޫނީ ގޮތަށް ބަދަލު ކުރުމަށް، އަދި އެ ނޫން ވެސް ގައިރު ގާނޫނީ ގޮތަކަށް ރައްޔިތުންގެ ނިންމުން ބަދަލުކުރަން ކުރާ މަސައްކަތް، ގާނޫނުއަސާސީގައި އޮންނަ ގޮތަކަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގައި ފުރިހަމަ ބާރާއި އެކުގައި، ގާނޫނުއަސާސީގައި އޮންނަ ގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން."

ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުން ކަމަށާއި، ބާކީ ފަސް ޑިރެކްޓަރުންނަކީ ސަރުކާރަށް ނިސްބަތްވާ ޑިރެކްޓަރުން ނޫން ކަމަށެވެ.

"ވަރަށް މީހުން ސުވާލު އުފެދިދާނެ، ދިވެހިންގެ ބޭންކު، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނައިރު، ކިހިނެއްހޭ ތިވީ. އެތާ ތިބީ އަދި ސަރުކާރުގެ ހަތަރު ޑިރެކްޓަރުން. ދެން ތިބި ފަސް މީހުންނަކީ ސަރުކާރު ޑިރެކްޓަރުންނެއް ނޫން. އެހެންމާ އަދި ނެތް މެޖޯރިޓީއެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން އައްޔަން ކުރާ އިތުރު ދެ ޑިރެކްޓަރުންގެ ނަން ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބޭފުޅުން އެ މަގާމަށް އައްޔަނު ކުރުމަށް އިތުރު ދެ ހަފުތާ ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ބޯޑަށް ޗެއާމަނަކު ވެސް އައްޔަނު ކުރުމަށް ނަން ފޮނުވާފައިވާ ކަމަށާއި، އެހެން ނަމަވެސް އަދި އެ ނަން ވެސް ފާސްކުރެވިފައި ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީ އޮތްކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އިސްވެ ހިންގަން އުޅުނު ބަޣާވާތް ހުއްޓުވުމަށް ޓަކައި، ބީއެމްއެލްގެ ބޯޑުގައި ހިމެނޭ ޕްރައިވެޓް ޑިރެކްޓަރުންގެ ތެރެއިން ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އާއި ޗަމްޕާ ޙުސައިން އަފީފް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިއެވެ. އެ ގޮތުން ބީއެމްއެލްގެ ނިންމުން ބާތިލް ކުރެވުނީ، އެ ބޭފުޅުން ރިޕްރެޒެންޓް ކުރާ ޑިރެކްޓަރުންނާ ވާހަކަ ދައްކަވައިގެންނާއި، ކެބިނެޓުން ހުއްޓައިނުލައި މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އިއްޔެ ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި އިދިކޮޅުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން މިރޭ ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

ބޭންކުން އިއްޔެ ނިންމި ނިންމުން އަނބުރާ ގެންނަން ނިންމީ އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ސޯޝަލް މީޑިއާ ފުރާލާފައި ވަނިކޮށެވެ.

މި ނިންމުން އަނބުރާ ގެންނަން ނިންމުމާ އެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ބީއެމްއެލްއިން އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.

އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް

comment ސިފް

8 month 3 week ago

ފުރަތަމަ ކުޅުނީ ކަރަންޓުބިލާ.. ދެން ކުޅެނީ ބިދޭސީންގެ ފީތަކާ.. ދެން މި ކުޅުނީ ބޭންކާއި. މި ހުރިހާކަމެއް ކުރި އިރުވެސް ސަރުކާރުގެ ސިޔާސީ ބޭކާރު މަގާމުތަކުގެ އަދަދުވެސް އަދި މުސާރަވެސް ދަށެއް ނުކުރޭ. ހިތިބޭހަކީ ވަކި ބަޔަކަށް ދޭންޖެހޭ އެއްޗަކައް ހަދައިގެން މިއުޅެނީ. ދައުރުގެ 15 ޕަސަންޓު ނިމިދިޔައިރު ގައުމަށް އިތުރަށް ފައިސާ ވެއްދޭނެ ހަމަ އެއްކަމެއްވެސް ނެތް ކުރެވިފަކާއެއް. ހިނގަހިނގާ އޮތް މަސްވެރިކަމުގެ ސިނާޔަތުވެސް ހަލާކުކޮއްލާ މަސްވެރިންތަށްވެސް ބިކަކޮއްފަ އެތިބީ. ދެން މިހާރު ލޭނު އަޅައިގެން މުޅި ޓޫރިޒަމްއާއި ރާއްޖޭގެ ޒަމާންވީ ތިމާވެށީގެ ރިވެތި ނަންވެސް ޚަރާބު ކޮއްލަން އުޅެނީ.

comment ފިއު

8 month 3 week ago

އެއީ ދޮލަނގު ބަގާވާތެއް..

comment ދޮގު ސަރުކާރު

8 month 3 week ago

އެމްޑިޕީއަށް ތިކަން ފޫޅު ކަނޑައިފިނަމަ މާނައަކީ މިހާރު މިއޮތް ދޮގު ސަރުކާރަށްވުރެ އަދިވެސް އެމްޑީޕީގެ ބާރު މާގަދައޭ އެހެންނު؟ މޮޔަ ވާހަކަ ތިޔަ ދައްކަނީ ކާކު ގަބޫލުކުރާނެކަމަށްތަ؟ ސަރުކާރުން ނިންމި ގަޅި ނިންމުމުގެ ސަބަބުން ވެރިކަން ވެއްޓިދާނެކަމުގެ ސިގުނަލުތައް ލިބެންފެށީމައި ބިރުން ރުޖޫއަކުރީ. އެހެން ދެވަނަ ކަމެއްނޫން ފަހަތުގައި އޮތީ. އެކަން ރުޖޫއަނުކުރިނަމަ ކިޔަވާކުދިން އިސްނަގައިގެން ބޮޑު ލަޝްކަރު ނިކުތީސްކަން އެއީ ކަށަވަރުކަމެއް. މިހާރު ދެން އެ ނިންްމުން ބަދަލުކުރިޔަސް އެއީ މުއިއްޒުގެ ދޮގު ސަރުކާރުން ނުކުރާ ކަމަކަށްނުހެދޭނެ. އެކަން ހިސްޓްރީން ފޮހެއެއްވެސް ނުލެވޭނެ. އަދި އެއީ އެމްޑީޕީ ނުވަތަ އެހެން ބަޔަކު ކުރި ކަމެއްކަމަކަށްވެސް ނުހެދޭނެ. މުއިއްޒާއި އޭނާގެ ބައިވެރިންނަކީ މިގައުމު ހިންގުމުގެ ކެޕޭސިޓީ ހުރި ބައެއްނޫން. ކުރީ ސަރުކާރު ކިޔުމާއި އަނގައިން ކަންކަން ކުރުންނޫން ކަމެއް ނުދަން ފޮނި ބޮޑައި ބައިގަނޑެއް. ވަޑި ފަލާހާއި އަދުރޭއާއި އޭނާގެ ދަރިވެސް ސައިޒު އޮޅިފަ މަ ބޮޑޭވެފަ. މީހުން ބުނޭ މަތިން

comment އާސިފް

8 month 3 week ago

ކޮންމެ ސަރުކާރަކުން ކަމުގައި ވީނަމެވެސް ރައްޔިތުންގެ ބޭންކުން ރައްޔިތުންނަށް އިހާނެތިގޮތެއް ހެދިޔަދީގެންނުވާނެ. ސަރުކާރުގެ މެޖޯރިޓީ ހިއްސާއޮންނަ ބޭންކުގައި ސަރުކާރުގެ ކޮންޓްރޯލެއްނެތޭ ބުނުމަކީ އެއްވެސް ހަމައަކުން ގަބޫލުކުރެވޭ ކަމެއްނޫން. ސަރުކާރަށް ނުވަމަސް ފުރުނުއިރު ތިޔަބޭންކުގެ މައްސަލަ ހައްލުނުވެއޮތީމާ ސުވާލުއުފެދޭ. ބޭންކުގެ ހުރިހާކަމެއްގައި ސަރުކާރުގެ ފުލްކޮންޓްރޯލް އޮންނަންޖެހޭ. އިދިކޮޅުން ބޭންކުގެ ނާޖާއިޒް ފައިދާ ނޫނީ ތިޔަވިދާޅުވާ ބަގާވާތް ކުރުމަށް އެއްވެސް ވަރަކަށް ޖާގަދެވިގެންނުވާނެ. ބޭންކުގެ ނިންމުން ފެނިފައި ކިރިޔާ މޮޔަނުވީ. ޝުކުރުވެރިވަން އެނިންމުން އަނބުރާ ގެނެސްދެއްވީމަ،

comment ޢަޒަން ޒަކީ

8 month 3 week ago

ބީއެމްއެލްގެ ބޯޑުގައި މިހާރު ތިބި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މިދިޔަ މެއި މަހު އޮތް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުން ހުށަހަޅައިގެން އައްޔަނު ކޮށްފައި ތިބި ބައެއް. ވެރިކަން ވައްޓާލަން ރައްޔިތުން ނިކުމެދާނެކަމުގެ ބިރުގަނެ ބަދަލު ގެންނަން މަޖުބޫރުވެ ބަދަލުކޮށްފަ މިހާރު އެކަން އޮތްބާލުން މިދަނީ

comment ނަދީމް ހަސަން

8 month 3 week ago

ރައްޔިތުންނަށް ސިއްރުކޮށްގެން އުޅޭ ސިޔާސީ މަގާމުގެ ކޯޓާގެ އަދަދުގެ މައްސަލައިގައި މިކަން ނިންމަން ކިޔަވައިގެން ތިބި ފަރާތްތަކުން ނިކުތުމުގެ ހަރަކާތް ކުރިޔަށް އެބައޮތް. މިކަން ނިންމާނަން ރައްޔިތުން ނޭދޭ ކަންކަން ކުރަންޏާ. ކުފޫހަމަނުވާ އެތައް ސިޔާސީ ބޮޑު މުސާރަ މަގާމުތަކުގެ އަދަދު ސިއްރުކޮށްގެން ތިބިޔަކަ ނުދޭނަން ގައުމު ބަނގުރޫޓް ވަންދެން. ފުލުހުންނަކަށް ރައްޔިތުން ނޭދޭ ވެރިކަމެއް ނުބޭއްވޭނެ