ބާރަށް ދުއްވުމުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

ރޭ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި، އެ ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ވަނީ ނިޔާވެފައެވެ.
ސަމާހުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ.
"ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އެ މަނިކުފާނު މިހާރު އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކަރެކްޝަންސްގެ އޮފިސަރެއް ކަމަށް ސަމާހު ނިޔާވީ މެރަތަންއެއްގައި ބައިވެރިވުމަށް ކ. މާފުށިން އައިސް އުޅެނިކޮށެވެ. އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއްވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޝާމިލުވަނީ ރޭސްކާރެއް ކަމަށްވާއިރު، މިފަހުން ވެސް ބާރު ސްޕީޑުގައި ދުއްވި ކާރުތަކުގައި ޖެހި މީހުންނަށް އަނިޔާވެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މަގުމަތީގެ ގަވައިދުތަކަށް ބޯނުލަނބާ މީހުންނަށް، ޚާއްސަކޮށް ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރަން ގޮވާލަމުންނެވެ.
comment ލައިސާ
7 month 3 week ago
ވާގޮތީ މިހާރު ބޮޑުވަމުން އަންނަ ޖީލަކީ ގާނޫނަކަށް ގަވާއިދަކަށް ތަބައަވާން ދަސްކޮށްނުދީ ބޮޑުކުރާ ޖީލެއް. ކޮންމެ ކަމެއް ވާއިރަށް ޕޮލިހުން ނުވަތަ ޕީޖީ އޮފީހުން ބުނާނެ ގާނޫނެއް ނެތިގެންނޭ ކަމެއްނުވަނީ. އަސްލުވާގޮތަކީ ގާނޫނެއް ރަނގަޅަށް ތަންފީޒު ކުރާ ދައުލަތުގެ އެންމެ ބާރެއްވެސް ނެތްތާ ގާނޫނަށް ތަބައަވާ މީހަކުވެސް މިރާއްޖެއަކު ނެތް. ދެން ގާނޫނުގެ ބޭނުމެއް ނެތެއްނު. ގާނޫނު ތަންފީޒުކުރަން ފެށުމުން މިކަން ހައްލު ވާނީ. އޭރުން ކުށްކުރާ މީހުންނަށް އިނގޭނެ މިރާއްޖެއަކީ ވެސް ގާނޫނު ހިނގާ ތަނެއްކަން. ދެން ކޯޓުތަކުން ކުށްވެރިން ދޫކުރުމުގެ ސަގާފަތް ދުކޮށްލަންވީ. ކީއްތަވާނީ، އެންމެ ފަހަރަކު ކޯޓުން މިކުށްވެރިޔާ ވަކީލަކު އައްޔަންކުރަން ފުރުސަތު ނުދިނަސް، ހައްޔަރުކުރީ ގަވާއިދާ ހިލާފައްވިޔަަސް ބޮޑު ކުއްވެރިޔަކަށްވާތީ އާންމު މުޖުތަމައުގެ ސަލާމަތް މުހިންމޭ ބުނެ ކުއްވެރިޔާ ދޫކޮށްނުލާ ބަންދުގެ މުއްދަަތު އިތުރުކޮށްދިނިޔާ؟ ދައުލަތުގެ އިދާރާއަކަށް ހެދޭ ގޯހަކުން ކުށްވެރިއަކު ކޯޓުން ދޫކޮށްނުލާ، ކުށްވެރިޔަކަށް ލިބެންޖެހޭ ހައްގުތަށް އެހިސާބުން ދީގެންވެސް މައްސަލަ ކުރިއަށް ގެންދެވޭނެ.
comment ސސ
7 month 3 week ago
ބަލަ މަނިކުފާނުގެ ރިޔާސީ ވަޢުދަކީ ހުޅުމާލޭގައި ރޭސްކާރު ދުއްވޭނެ ގޮތްހެދުންތާ ، ރޭސް ޖަހަން ބޭނުންވާ ކުދިންނަށް ރޭސް ދުއްވޭނެ ގޮތެއްވެސް އޮތުން ރަގަޅު ވަކި ސަރަހައްދެއްގައި އޭރުން ރޭސް ޖަހާ ކުދިންނަށް ރޭސްޖެހޭނެ !
comment ބަރުގަނޑު އަޅާ
7 month 3 week ago
އަންހެނުން ކުރި ޝީޓަށް އަރުވައިގެން މައްލަވަކުރަމުންނާއި ފޯނަށް ބަލަހައްޓައިގެންނާ ފޯނުން ވާހަކަ ދައްކަމުން އަންނަން ހަދައިގެން ދިމާވާހާ ކަންތައްތައް ޒިންމާ ކުރުވަން އެބަޖެހޭ
comment އޯގާ
7 month 3 week ago
ރޭސްކަރު، ރޭސް ސައިކަލް ރާއްޖެ އިންޕޯޓް ނުކުރެވޭގޮތަށް ހެދޭނެ. އަދި ބާރު ސްޕީޑުގައި ދުއްވާ މީހުންގެ ލައިސަންސް 10 އަހަރަށް ސަސްޕެންޑްކުރީމަ މައިތިރިވާނީ
comment ޞަމަދުބެ
7 month 3 week ago
ބަލަގަ ނުވާނޭ ނުވާނޭ. ކޮންމެ ސަރުކާރަކުން ވެސް ރައީސަކު ވެސް ތިކަން ކުރެޔޭ. ހަރާމޭ އަންނަ ބަދަލެއް. މަރަކަށް ފަހު މަރެކޭ. ގޭންގުތަކުންނޭ ބާރު ގަދައީ. އަގުބޮޑު ރޭސްކާރު ގެނެސްގެން ހޭކުޑާ ވެގެން ދުއްވަން ފުލުވުންނޭ މަގުތައއ ތަނަވަސްކޮށްދެނީ ފުރުސަތު ހޯދާދެނީ. ލޯލެސް ސިޓީއެއްގައި ކޮން ގާނޫނެއްގެ ވާހަތޯ؟ އިތުބާރެއް ނެތޭ ކަންކަން ކުރާނަމޭ ބުންޏަސް. މުޅި ދައުލަތަށް، ޤައުމަށް އިތޔބާރު ގެއްލި މުޅިން އަހަރެމެން ފޫހިވެއްޖޭ. ކޮންކަމެއްތަ ވަނީ؟ އެންމެ 3 ލައްކަ މީހުން މެނޭޖްނުކުރެވިގެން އުޅޭ ޤައުމެއްގައި ކަނޑިކި އަނދެގެން ގިގުނި އަޅައިގެން ހުރިހާ ވެރިން އެނދަށް އަރާ ތިބިއްޔާ މާ ރަނގަޅުވާނެ. ހުސް އަނގަ ތަޅާފަ ވާކަމެއް ހަރާމޭ. މަރަކަށް ފަހު މަރެއް. ޒުވާނަކަށް ފަހު ޒުވާނެއް ހައއގުން ކަމަކާ ނުލާ މިއޮށް ދަނީ ވަކިވެގެން. ކޮން ފިޔަވަޅެއް އެޅުނީ. ހެޔޮ ނުވާނެ. ބޮޑެތި ވާހަކަ ނުދައްކާ. ކޮންމެ މީހަކީވެސް ކޮރަޕްޝަނުގެ އަވައިގަ ޖެހި ހަލާކުވެ ގޮސްފައިވާ