MTCC
Ooredoo

ސިޔާސީ މަގާމުތައް މަދުކުރަން ޖެހުނީމާ އެކަން ކުރާނެ، އެ ހިތްވަރު ހުންނާނެ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: މަގާމުތައް މަދުކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ ހިތްވަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލީސް

ސިޔާސީ މަގާމުތައް މަދުކުރަން ޖެހޭ ހިސާބަށް ދިއުމުން އެ ކަން ކުރުމުގެ ހިތްވަރު ވެސް ސަރުކާރުގެ ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ADK GENERAl

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް ސަރުކާރުން ނުބުނާތީއާއި މަގާމުތަކުގެ އަދަދު އިތުރުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު، ސިޔާސީ މަގާމުތަކުގެ ޖުމުލަ އަދަދު 700 އަށްވުރެ ގިނަ ނުވާނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިދިޔަ ހަފުތާގައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ ވާހަކަދައްކާއިރު ފުރަތަމަ އެއް ކަމަކަށް އެއްބަސްވާން ޖެހޭ ކަމަށެވެ. އެއީ، ސިޔާސީ މަގާމުތަކަށް ބޭފުޅުން ލެއްވުމުގެ ބާރު ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާކަން ކަމަށާއި އެއީ ޝައްކު އުފެއްދޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އުސޫލެއްގެ ގޮތުން ސިޔާސީ މަގާމުތައް ގިނަ ކަމަށް އެއްބަސްވެވިދާނެ ކަމަށާއި އެކަމަކު އެއީ ރައީސަށް ލިބިދޭ ބާރެއްކަން ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރަން ޖެހުމުން އެކަން ކުރުމުގެ ހިތްވަރު ސަރުކާރުގެ އެބަހުރި ކަމަށް -- ފޮޓޯ/ މަޖިލީސް

"އަޅުގަނޑުގެ ވާހަކައަކީ ގާނޫނުއަސާސީން މުތުލަގު ގޮތެއްގައި ދީފައި އޮތް ބާރެއް ދެއްތޯ ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ޒިންމާތައް އަދާކުރައްވަން ބޭނުންފުޅުވާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަން. އެއީ، އޮތް ބާރެއް ކަމާއި ކުރެވިދާނެ ކަމެއްކަން [ފުރަތަމަ އެއްބަސްވާންވީ]،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސިޔާސީ މަގާމުތަކުން މީހުން ކަނޑަންޖެހޭ ހިސާބަށް ކަންތައްތައް ދިއުމުން އެކަން ކުރުމުގެ ހިތްވަރު ވެސް ސަރުކާރާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުންނާނެ ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ނިޒާމުގެ ތެރޭގައާއި ގާނޫނުތަކުގެ ތެރޭގައި ހުރި ބާގަނޑުތަކުގެ ތެރެއިން ފޫދިގެންދާ ފައިސާއާއި ބޭކާރު ގޮތުގައި ފައިސާގެ ބޮޑު ބައެއް ބޭކާރުވާ ގޮތަށް ދޫކުރަމުން އަންނަ ބައެއް ސަބްސިޑީތަކަކީ ނިސްބަތުން ބޮޑު އަދަދެއް ނޫނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކިކުރަން ޖެހިއްޖެ މުވައްޒަފަކު ވަކި ވެސް ކުރާނެ. އަދަދު މަދުކުރަން ޖެހޭ ހިސާބަށް ދިޔައިމާ އެކަން ވެސް ކުރާނެ،" ރައީސަށް އެ ފިޔަވަޅު ނަންގަވަން ކެރިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވަމުން އެ މަނިކުފާނާ ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ނާޒިމް ވިދާޅުވިއެވެ.

"ނިސްބަތަށް ބަލައިފިއްޔާ ބޮޑު އަދަދަކަށް ނުވެދާނެ، އެހެން މި ދޭ ސަބްސިޑީތަކާއި އަޅުގަނޑުމެންގެ ތެރެއިން ފޭދިގެން މިދާ ބަޔާ. އެ ކަންކަމަށް އޭގެ ރަނގަޅު ވަގުތުގައި ހައްލު އަންނާނެ،"

https://sun.mv/196226

މީގެ އިތުރުން، ނާޒިމް ވަނީ އިގުތިސާދީ މަސައްކަތްތަކާއި އިގުތިސާދު ކުރިއަރަމުން އަންނަ މިންވަރަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުވައްޒަފުން އިތުރުވުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އިގުތިސާދީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ސިޔާސީ މަގާމުތަކުގެ ސީދާ އަދަދުތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، ސަރުކާރުގެ 22 ވުޒާރާގައި ގިނަ އަދަދެއްގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ތިއްބަވައެވެ. ވަޒީރު ފެންވަރުގައި ވެސް ގިނަ ބޭފުޅުންތަކެއް ތިއްބަވާއިރު، ވުޒާރާތަކުގައި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައި ވެސް ސިޔާސީ މަގާމުތަކެއް ހުރެއެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 2،000 އަށްވުރެ އިތުރުވާނެ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، އެ އަދަދުތައް ސަރުކާރުން ދޮގުކުރެއެވެ.

Redstar
comment ކޮމެންޓް

comment ސސ

8 month 2 week ago

އެއްކަލަ ހިތި ހަބަރު ބޭސް ބޯން ޖެހިފައިތާ މިއޮތީ !

comment ރަށުމީހާ

8 month 2 week ago

މިސަރުކާރުން މަގާމުތަކަށް މީހުން ލައްވާފައިވަނީ ޤާނޫނު އަސާސީ ދީފައިވާ ބާރާއި އެއްގިތަށްތޯ؟ މަނިކުފާނަކީ ތިވާހަކަ ދައްކަން ރަގަޅު ބޭފުޅެއްނޫން މިހާރު މަޖިލިސްގެ ރައީސް އާއި ނާއިބުރައީސްވެސް ތިއުޅުއްވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް

comment އަބްދު

8 month 2 week ago

ގަރުދިޔަ ކާންވީމަ އަހަރެމެންނަން އެނގޭނީ، އެހެންމީހަކަށް ނޭގޭނެ، ހިތި ބޭސް ބޯން ވީމަވެސް އެނގޭނީ އަހަރެމެން ނަން އެހެން މީހަކަށް ނޭނގޭނެ،

comment ޙަސީނާ ކަލަމިންޖާ

8 month 2 week ago

ބާރު ލިބޭ އިޒުރޭލު ޕާސްޕޯޓް މަނާކުރަންވެސް. އެގޮތަށް ބުނެފަ އެކަމެއް ނުކުރޭ އިޒްރޭލު ފަތުވެރިން ނައިސް އިގްތިސާދު.. ފަލަސްތީނު ރައްޔިތުންގެ ހައްގެއް މިއަދު ނެތް. ސިޔާސީ މަގާމުތަކުގައި ތިބީ ނާގާބިލް ބޮޑުމުސާރަވެރިން ގިނައިން. މިކަން ސިއްރުކޮށްގެން އުޅެނީ. އެތައް މިލިއަނެއް ދައުލަތުން އިސްރާފުވަނީ. މިކަން ބަދަލުކުރަން ދަރިވަރުން ޑިސެމްބަރު ބޮޑުޗުއްޓީގަ މާލެއަރާނެ ކަމުގެ އިންޓެލް މިހާރު ފުލހުނންނަށް ވާނީ ލިބިފަ. ހުރިހާ ކޮލެޖް ޔުނިވަރސިޓީ އަދި ގްރޭޑް 10 ނިންމާފަތިބި ހުރިހާ ދަރިވަރުން ބައިވެރިވާކަަމަށްވޭ

comment ސލހ

8 month 2 week ago

ކަލޭމެން ކުރާނެ ތަ؟ ނުކުރާނެ. ސިޔާސީ މަޤާމު ތަަކަކީ ތަޢުލީމީ ފެންވަރެއް ނު އޮންނަ އެންމެ މުސާރަ ބޮޑުު މަޤާމު ތައް. ޚާއްސަކޮށް ޤާނޫނު ހަދާ މަޖިލިސް

comment ޢެޑްމުންޑޯ

8 month 2 week ago

ރައީސަށް ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ނޫންތޯ ބޭނުންމެއްނެތްގޮތުގައި ސިޔާސީ މަގާމް އިތުރު ކުރުމަކީ ، ކުރާނެ މަސައްކަތެއްނޭގިގެން ބާކީވެފައިވެސް ނައިބުން ފެންވަރުގެ މަގާމްތަކުގައި މީހުން އެބަތިބި