ދިރާގުން މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމުގައި ބައިވެރިވެއްޖެ

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އާ ގުޅިގެން ދިރާގުން މި އަހަރުގެ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް)ގައި ބައިވެރިވެއްޖެއެވެ.

އެމްއޭއެފްއަކީ ޕްރޮފެޝަނަލުންނަށް އެކުގައި މަސައްކަތްކުރުމަށާއި، މަޢުލޫމާތު ޙިއްސާކުރުމަށާއި، ދާއިރާގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަދި މިއީ ދިވެހިރާއްޖޭގެ އެކައުންޓިން ދާއިރާގެ ޕްރޮފެޝަނަލް ކުރިއެރުމަށާއި އިތުބާރު ބިނާކުރުމަށް އޮތް ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިސްމާއިލް ރަޝީދު ވަނީ ކޮންފަރެންސްގެ ފުރަތަމަ ދުވަހު މި އަހަރުގެ ތީމް، "ދަ ސީއެފްއޯ އެޒް އެން އިނޮވޭޓާ: ލީޑިން އިން ދަ އޭޖް އޮފް އޭއައި އެންޑް އީއެސްޖީ" އާ ގުޅޭގޮތުން މުހިންމު ވާހަކައެއް ދައްކަވާފައެވެ. މިއަހަރުގެ ތީމް އަމާޒުކުރެވިފައިވަނީ މާލީ ދާއިރާގެ މުސްތަގުބަލަށެވެ.

ރާއްޖޭގެ އެކި ދާއިރާތައް ތަރަގީކުރުމާއި، ދާއިރާގެ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަކީ ދިރާގުގެ މުހިންމު އަމާޒެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން ކުންފުނިން ދަނީ އެމްއޭއެފް ފަދަ ފޯރަމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި މިފަދަ ފޯރަމްތަކުން ޕްރޮފެޝަނަލުންނަށް މައުލޫމާތު ހިއްސާކުރުމަށާއި، ގުޅުން ބަދަހިކުރުމުގެ އިތުރުން އައު ވިސްނުންތައް ހޯދުމަށް ފުރުސަތު ލިބިގެން ދާކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ މުހިންމު ދާއިރާތައް ކުރިއެރުވުމަށް ބޭއްވޭ ހަރަކާތްތަކާއި މަޝްރޫތަކަށް އެހީތެރިވުމުގައި ދިރާގުން ދެމިހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް