Dhiraagu
Ooredoo

ހުރިހާ ރަށަކަށް ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ދީފި

ދިރާގު ހައި ސްޕީޑް ފައިބަރް ބްރޯޑްބޭންޑް ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދީފި -- ފޮޓޯ/ ދިރާގު

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދޭން މިއަދު ފަށައިފިއެވެ.

Ooredoo

ދިރާގުން އެކަން އިއުލާނުކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ޚާއްސަ ބައްދަލުވުމެއްގައެވެ. މިއީ ދިވެހި މުވާސަލާތީ ސިނާއަތަށް ލިބުނު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބާ ޚިދުމަތް 100 އިންސައްތަ އާބާދީއަށް ފޮރުކޮށްދީފައިވަނީ މަދު ގައުމެއްގައެވެ.

ބްރޯޑްބޭންޑަކީ ގައުމެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭކަމެއް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ: އެ ކުންފުނިން ވަނީ މުޅި ރާއްޖެއަށް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކޮށްފައި --- ސަން ފޮޓޯ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެހެންވެ، އިސްމާއިލް ރަޝީދު ވަނީ ހުރިހާ ރަށެއްގައި ދިރާގުގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

އޭނާ ވިދާޅުވީ، ހައިސްޕީޑް ބްރޯޑްބޭންޑަކީ ޑިޖިޓަލް ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދޭން ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށެވެ. ދިރާގުން މި ހާސިލުކުރި ކާމިޔާބާ އެކު، ރާއްޖޭގެ ޑިޖިޓަލް ވިއުގަ ހަރުދަނާވެ، ޑިޖިޓަލް ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދިރާގުގެ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް އެއް ފެންވަރެއްގައި ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ފަދަ ބޮޑު މަޝްރޫއެއް ނިންމައިލާ، ދިރާގުގެ 'ޑިޖިޓަލް ރާއްޖޭ'ގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ސަރުކާރުގެ އިދާރާތަކުންނާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ދިރާގަށް ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް، ޕާޓްނަރުންނާއި މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިރާގަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށް ވެސް ޑިޖިޓަލް އެކްސެސް އިތުރުވެ، ޑިޖިޓަލް އިގުތިސާދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Redstar
comment ކޮމެންޓް

comment ސީރިއަސް

3 month 7 day ago

ދިރާގުގެ ލަގަން މިހާރު ސަރުކާރުގެ އަތަކު ނޫން އޮތީކީ. ވާ ފައިދާގެ ބޮޑުބައި ހަފޮޅުން ބޭރަށް ބަޓެލްކޯއަށް. އާ ޓެކްނޮލޮޖީ އާއި އީލޯން މަސްކް އައުމާއެކު ދިރާގު އެދަނީ ބޯކޮޅުވަތައް. މިހާލަތުގައި ކުންފުނީގެ ބޮޑުބައި ވިއްކާލާފަ އޮތީމަ ވާނެ ގެއްލުން އެދަނީ ދެގުނަ އިތުރުވަމުން. ދިރާގު އުރީދޫ މަ ބޭނުން ނުކޮށް މި ފަސްގަނޑުގައި އުޅޭތާ މިވީ 2 އަހަރު. ހަމަ އޯކޭ!

comment ށސ

3 month 7 day ago

މިދިޔަ 60 އަހަރުތެރޭގައި ވެރިން ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުމުގެ ސަބަބުން ދިވެރާއްޖެ ތަރައްޤީވާން ޖެހޭމިންވަރަށް ތަރައްޤީވެ، އާބާދީ ބޮޑުވާންޖެހޭ މިންވަރަށް އާބާދީވެސް ބޮޑުވެފަނެތުމުން މިއަދު ވަރަށް ބޮޑެތި އިޤުތިސޯދީ އަންދަވަޅަކަށް ވެއްޓިފާ މިވަނީ ! ރާއްޖެ ތަރައްޤީ ކުރަން ޖަޕާނުގެ މީހުން ހެދިގޮތަށް 24 ގަޑިއިރު ދެދަންފަޅިޔަށް މަސައްކަތް ކޮށްގެން ހުއްޓާނުލާ 20 އަހަރު މަސައްކަތް ކުރަންވީ، ރާއްޖެވެސް ޖަޕާނުގެ ރައްތަށް ތަރައްޤީވި ގޮތަށް ތަރައްޤީވާނެ !