ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްގައި ރާއްޖޭގެ ހަގު ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަހުމަދު މަހުލޫފް ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.
މި މުބާރާތުގައި ލައިބާވަނީ ސިންގަލްސްގެ ކުއާޓާ ފައިނަލަށް، އަދި ޑަބަލްސްއާއި މިކްސްޑް ޑަބަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.
އެ ގޮތުން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ލައިބާ ވާދަކުރީ ޔޫކްރެެއިންގެ އެއް ނަންބަރު ކުޅުންތެރިޔާ، އަދި މުބާރާތުގެ ރަނަރަޕް އެމާއާއެވެ. މި މެޗުގައި ވެސް ލައިބާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ އެމާ، މި މެޗު ގެންދިޔައީ 1-2 އިންނެވެ. އެއީ 21-14، 19-21، އަދި 21-09 އިންނެވެ.

ލިތުއޭނިއާ މުބާރާތުގައި ލައިބާވަނީ ދެ ބްރޯންޒް މެޑަލް ހޯދާފައި --
ޑަބަލްސްގައި ސެމީ ފައިނަލުގައި ލިތުއޭނިއާގެ ޕެއާއާއި ރާއްޖެ އަދި ޔޫކްރެއިންގެ ޕެއާ ވާދަކުރި މެޗު ލިތުއޭނިޔާގެ ޕެއާއިން ކާމިޔާބުކުރީ ވެސް 1-2ގެ ނަތީޖާއަކުންނެވެ. އެއީ 21-19، 11-21 އަދި 21-15އިންނެވެ.

ލިތުއޭނިއާ މުބާރާތުގައި ލައިބާވަނީ ދެ ބްރޯންޒް މެޑަލް ހޯދާފައި --
މިކްސްޑް ޑަބަލްސްގެ ސެމީ ފައިނަލުގައި ލިތުއޭނިއާއާ ޔޫކްރެއިންގެ ޕެއާ އަތުން ވަނީ 0-2އިން ބަލިވެފައެވެ.
ލިތުއޭނިއާގައި ކުރިޔަށްދާ މި މުބާރާތަކީ ބެޑްމިންޓަން ޔޫރަޕް ކަލަންޑަރުގެ މުބާރާތެކެވެ.