ޖޯޖިއާގެ ބަޓޫމީގައި ކުރިއަށް ގެންދިޔަ ބަޓޫމީ ޔޫތް އިންޓަނޭޝަނަލް ބެޓްމިންޓަން މުބާރާތުގައި ލައިބާ އަހުމަދު މަހުލޫފް ބްރޯންޒާއި ސިލްވާ މެޑަލް ހާސިލްކޮށްފިއެވެ.
އެ މުބާރާތުގައި ލައިބާ ހާސިލްކުރީ 13 އަހަރުން ދަށުން ސިންގަލް ބައިން ބްރޯންޒް މެޑަލްއާއި ޑަބަލްސް އިން ސިލްވާ މެޑަލެވެ.
ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލްގައި ލައިބާ ވާދަކުރީ އަރްމޭނިއާގެ ރޭންކުގެ އެއްވަނައިގަ އޮތް އަނިތާއެވެ.
މި ސެޓުގައި ލައިބާގެ މައްޗަށް އަނިތާ ކުރިހޯދިއެވެ. އެގޮތުން، އަނިތާ ކުރި ހޯދީ 25 - 23ގެ ނަތީޖާއަކުން ކަމަށްވާއިރު، ދެވަނަ ސެޓު ވެސް ކާމިޔާބުކޮށްފައި ވަނީ އަނިތާއެވެ.

ބަޓޫމީ ކަޕްގައި ލައިބާ މެޑަލް ހާސިލްކުރުން: ބަޓޫމީ ކަޕުން ލައިބާއަށް ބްރޯންޒް އަދި ސިލްވާ މެޑަލް -- ފޮޓޯ/ ލައިބާ އަހުމަދު މަހުލޫފް
އެ ސެޓު އަނީތާ ކާމިޔާބުކޮށްފައި ވަނީ 21 - 18ގެ ނިތާޖާއަކުންނެވެ.
މީގެއިތުރުން، ލައިބާ ވަނީ އެ މުބާރާތުގެ ޑަބަލްސް ފައިނަލްގައި ވާދަކޮށް، މެޑަލް ހާސިލްކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ޖޯޖީއާގައި ފެށި މި މުބާރާތް މިއަދު ނިންމާލައިފައިވާއިރު، މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައި ވަނީ ލައިބާއެވެ.
ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކޮށްފައިވަނީ އަރްމޭނިއާ، އަޒަރުބައިޖާން، ތުރުކީ، ކަޒަކިސްތާންގެ އިތުރުން ޖޯޖިއާގެ ކުޅުންތެރިންނެވެ.
މީގެ ކުރިންވެސް ލައިބާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވާދަކޮށްގެން ވަނަތައް ހަސިލްކޮށްފައެވެ.