ޑރ. އަލީ ނިޔާފް ޓްރީ ޓޮޕްގައި ބައްލަވަން ފައްޓަވަނީ

ޑރ. ނިޔާފް: އޭނާ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލަން ފަށާފަ ---

ރާއްޖޭގައި މި ވަގުތު ހުންނެވި، ނިއުރޯ ސާޖަރީ ދާއިރާގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރު، ޑރ. އަލީ ނިޔާފް ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގެންފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ހޮސްޕިޓަލުގެ ޒަމާނީ ނިއުރޯއެންޑޯވަސްކިއުލާ ޚިދުމަތްތައް ދޭނީ ކޮންސަލްޓެންޓް ޑރ. ނިޔާފްގެ ހުނަރުވެރި ލީޑާޝިޕްގެ ދަށުން ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ، ސެރެބްރޯވަސްކިއުލާ ބަލިތައް ނުވަތަ ސިކުނޑިއަށް ލޭ ދައުރުކުރުމާ ގުޅިފައިވާ ބަލިތަކަށް އެ ހޮސްޕިޓަލުން އެންމެ ފަހުގެ ފަރުވާތައް ލިބޭނެ ކަމަށެވެ. އަދި ފަރުވާތައް ދިނުމުގައި އެ ހޮސްޕިޓަލުން އިސްކަންދެނީ ވީހާވެސް އަވަހަށް އާންމު ހާލަތަށް ރުޖޫއަވެވޭ ފަދަ ސާޖަރީތަކަށް ކަމަށް ޓްރީ ޓޮޕްއިން ފާހަގަކޮށްފައިވެއެވެ.

ޑރ. އަލީ ނިޔާފަށް އެޕޮއިންޓްމެންޓް ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 3351610އަށް ގުޅުމަށް ޓްރީ ޓޮޕްއިން ވަނީ އެދިފައެވެ.

ޑރ. ނިޔާފް މިއަހަރުގެ މެދާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި، ސީނިއާ ނިއުރޯސާޖަންގެ ގޮތުގައެވެ. އެ ހޮސްޕިޓަލުގައި ނުވަ އަހަރާއި 10 މަހަށް ފަހު އޭނާ އެ ހޮސްޕިޓަލުން ވަކިވެވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގައެވެ.

އެއަށްފަހު ޑރ. ނިޔާފް ގެންދަވަނީ އައިޖީއެމްއެޗުގައި ވެސް ބަލި މީހުން ބައްލަވަމުންނެވެ.

comment ކޮމެންޓް