ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުން ސިނާ ޖާގަހޯދާފައިވަނީ ތިންވަނަ ބުރުގައި އޮސްޓްރޭލިއާގެ ކްރިސްޓޮފާ އޯކޯނެލާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ތިން ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 6-1، 6-4 އަދި 6-2 އިންނެވެ.
މި މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު 14ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލާއި ކެނެޑާގެ ގެބްރިއެލް ޑިއާލޯ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް ޕޯލް ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފައެވެ.
މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 5-7 އިން ކާމިޔާބުކޮށްފައިވަނީ ޑިއާލޯއެވެ. ނަމަވެސް، ޖެހިގެން އައި ތިން ސެޓު ޕޯލްވަނީ 6-3، 6-1 އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް 7-3އިން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން، 25 ވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާއާއި ނެދަލަންޑްސްގެ ބޮޓިކް ވެން ޑެ ޒަންދްޝުޕް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޑްރެޕާ ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ.
އޭނާ މި މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 6-3، 6-4 އަދި 6-2 އިންނެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި ޑްރެޕާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ތިންވަނަ ބުރުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ސީދާ ތިން ސެޓުން ބަލިކުރި ޗެކް ރިޕަބްލިކްގެ ތޯމަސް މަޗަކާއެވެ. މެޗު މަޗަކް ކާމިޔާބުކޮށްފައިވަނީ 6-3، 6-1 އަދި 6-2 އިންނެވެ.