ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަލާމުވާން އެދިފި

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ: ސްޓެލްކޯގެ ނަމުގައި ފޭކު ކޯލްތަކެއް ކުރަމުންދާތީ، އެދިވަޑައިގަތީ ސަމާލުވުމަށް --

އޮޅުވައިލައިގެން ސްޓެލްކޯގެ ނަމުގައި ބަޔަކު ގުޅައި، ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ނަމުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބަޔަކު ގުޅަމުންދާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ކަމަށް ބުނެ، ކަސްޓަމަރުންނަށް ގުޅައި، ދޮގު މައުލޫމާތުދީ، އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ އިތުރަށް ވިދާޅުވީ:

  • ސްޓެލްކޯއިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށް
  • އަންނަ ކޯލަކާއި މެދު ޝައްކު އުފެދޭނަމަ، ޒާތީ އެއްވެސް މައުލޫމާތެއް ހާމަނުކޮށް އަވަހަށް ފޯން ކަނޑައިލުމަށް
  • އެ ފަދަ ކޯލެއް އައިސްފިނަމަ، ސީދާ ސްޓެލްކޯއަށް ގުޅައި ޔަގީން ކުރުމަށް

ސްޓެލްކޯގެ ނަމުގައި ފޭކު ކޯލްތަކެއް ކުރަމުންދާ މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާއިރު، މީގެ ކުރިން ސަރުކާރުގެ އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ވެސް، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ދިމާވިއެވެ. އަދި މި ފަހުން ވަނީ ޖަމިއްޔާތަކުގެ އެކައުންޓުތަކުން ވެސް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކެއް ފެންމަތިވެފައެވެ.

https://sun.mv/179128

އޮޅުވާލައިގެން އެކި ގޮތްގޮތުން ފައިސާ ހޯދުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެކި ދުވަސްވަރު އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާއިރު، އެފަދަ މައްސަލައެއް ސަމާލު ކަމަށް އައިސްފިނަމަ، އެ ކަމުން ރައްކާތެރިވެ ތިބުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ހަނދާންކޮށްދެއެެވެ.

comment ކޮމެންޓް