ޖައިޝަންކަރު މިފަދައިން ވިދާޅުވީ ލިޔުންތެރިޔާ ރާޖިވް ސާންކްރީ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ލިޔުއްވި ފޮތެއް ނެރުމަށް ބޭއްވި ހަފްލާއެއްގައި ވާހަަކަދައްކަވަމުންނެވެ.
އެ ފޮތުގައި އަވަށްޓެރި ގައުމުތަކާއި އިންޑިއާއާއެކު އޮތް ގުޅުމުގެ ވާހަކައަށް އަލިއަޅުވައިލައިފައިވާއިރު، ރާއްޖެއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ވާހަަކަދައްކަަވަމުން ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުގެ ގުޅުމުގައި ވެސް ރަނގަޅު ދުވަސްތަކާއި ހީނަރު ދުވަސްތައް ދެކެފައިވާކަމަށެވެ.
އެގޮތުން ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ދެ ގައުމުގެ ގުޅުން ބަދަހިވެފައި އޮތުމާއި، 2012ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށްފަހު ދެ ގައުމުގެ ގުޅުން އޮތް ގޮތަށް ބަލައިނަމަ އެ މުއްދަތުގައި އެއް ގޮތެއްގައި ގުޅުން ދެމިއޮތްތަން ނުފެންނަކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ގުޅުމަކީ ދެ ގައުމުން ވެސް ވަރަށް ބޮޑަށް
"އަޅުގަނޑު އެންމެފަހުން ރާއްޖެއަށް ކުރި ދަތުރުގައި ފެނުނު ގޮތުގައި މިއަދު ރާއްޖެއިން އެބަ ބަލައިގަނޭ ދެ ގައުމުގެ ގުޅުމަކީ ރާއްޖެއަށް ކޮޅަށް ދެމިހުރުމުގެ ބާރެއްކަން، ރާއްޖެއަށް ކުރިމަތީގައި އޮތް އިގްތިޞާދީ ގޮތުން ހީނަރު ދުވަސްތަކުގެ ތެރޭ،" ޖައިޝަންކަރު ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އަވަށްޓެރި ގައުމުތަކާއެކު ދުޅަހެޔޮ ރަނގަޅު ގުޅުމެއް ބޭއްވުމަކީ އުނދަގޫ ދަތި ކަމެއްް ކަމަށެވެ. އެއީ ހައްލުވާނެ ކަމެއް ނޫންނަމަވެސް އެ ގުޅުން ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ މީހުން އައިސް، މިހެން ބަންގްލަދޭޝްގައި ވެއްޖެޔޭ، އެހެން ރާއްޖޭގައި ވެއްޖެޔޭ ބުނާއިރު އަޅުގަނޑަށް ހީވަނީ އެ މީހުން އެބަ ޖެހޭހެން ދުނިޔޭގެ އެހެން ތަންތަނުގައި ކަންވާ ގޮތް ބަލައި އަޅުގަނޑު ގާތު ބުނަން، ކޮން ގައުމެއްގައިކަން ގޮންޖެހުންތަކާއި މައްސަލަތައް ނެތީ، އަވަށްޓެެރިންނާއެކު،" ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަވަށްޓެރިއެއްގެ ގޮތުގަައި އޮންނަ އޮތުމަކީ މައްސަލަތައް އޮތުމުގެ ޠަބީއީ އެއް ސަބަބުކަމަށެވެ. މީގެ އިތުރުން ބޮޑެތި މައި ބާރުތަކާ ދެމެދު ވެސް މައްސަލަތަކާއި ދަތި ކަންކަން އޮތުމަކީ ވެސް ޠަބީއީ ކަމެއް ކަމަށެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
ނަމަވެސް ދެ ގައުމުގެ އިސްވެރިންގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ގުޅުން އަންނަނީ ބަދަހިވަމުންނެވެ.