ގެއްލުނު ''އަކިރިސް'' ބޯޓު ފެނުނީ އިންޖީން ހުއްޓިފައި އޮއްވާ

ގެއްލިގެން ހޯދަމުންއައި މުދާ އުފުލާ "އަކިރިސް" ބޯޓު ފެނުނީ އިންޖީނު ހުއްޓިފައި އޮށްވައި. ފޮޓޯ/ ގަމު ދާއިރާ މެމްބަރު ޔޫސުފް ނަޝީދު

ގެއްލިގެން ހޯދަމުންދިޔަ މުދާ އުފުލާ "އަކިރިސް" ބޯޓު ފެނުނީ އިންޖީނު ހުއްޓިފައި އޮށްވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ފަތިހު ލ. ގަމުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ އެ ބޯޓް ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ ރޭގެ އިރުއޮއްސި 19:10 ހާއިރު ކަމަށެވެ.

މި ބޯޓު މިއަދު ހެނދުނު ފެނިފައި ވަނީ މ. ރަތްމަންދޫގެ އިރުން 22 މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ކޯސްޓްގާޑްގެ ލޯންޗަކަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް