އިންޑިއަން ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން އެވޯޑުގައި އެމްއެންޔޫއަށް ވޯޓުދޭން ބާކީ މަދު ވަގުތުކޮޅެއް

ގައުމީ ޔުނިވާސިޓީ: އިންޑިއަން ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން އެވޯޑް އެމްއެންޔޫއަށް ހޯދަން ވޯޓުލާން ބާކީ އެއް ދުވަސް ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިއަހަރުގެ ވޯލްޑް ކަލިނަރީ އެވޯޑްސްގެ 'އިންޑިއަން އޯޝަން' ކެޓެގަރީއިން 'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން' އެވޯޑު އެމްއެންޔޫއަށް ހޯދަން ވޯޓުލެވޭ މުއްދަތު ބާކީ މަދު ވަގުތުކޮޅަކަށް ވެއްޖެއެވެ.

މި އެވޯޑު ހޮވުމަށް އާންމުގެ ވޯޓަށް ހުޅުވާލާފައިރު، އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އަށް މި އެވޯޑު ހޯދަން އެ ޔުނިވާސިޓީން ވަނީ ކައުންޓްޑައުންއެއް ވެސް ފަށާފައެވެ. މިރޭ 00:00ގައި ވޯޓުލާން ވަގުތު ހަމަވާނެއެވެ.

އޭގެއިތުރުން، ނޫސްތައް މެދުވެރިކޮށް އެ ހަރަކާތް ޕްރޮމޯޓްކުރަމުން އަންނަ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެވޯޑަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓަށް ވަނުމަށް ފަހު ވޯޓުލާން ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އެވޯޑަށް މިއަހަރު އެމްއެންޔޫގެ އިތުރުން ވިލާ ކޮލެޖާއި އޮލިވިއާ ކަލިނަރީ ސުކޫލާއި އެސްކޮފިއާ އިންސްޓިއުޓްގެ އިތުރުން ޕޮލިޓެކްނިކްސް މައުރިޓިއަސް ވާދަކުރެއެވެ.

'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން'ގެ އެވޯޑް އެފްއެޗްޓީއެސް އިން އެންމެ ފުރަތަމަ ވަނީ 2021ވަނަ އަހަރު ހާސިލްކޮށްފައިވާއިރު، މި އަހަރަކީ އެ އެވޯޑަށް ވާދަކުރާ ތިން ވަނަ ފަހަރެވެ.

comment ކޮމެންޓް