އެމްއެންޔޫއިން ފުލުހުންނާ ގުޅިގެން، ތަމްރީނުތަކެއް ދިނުމަށް ޕްރޮގްރާމެއް ބާއްވައިފި

ގައުމީ ޔުނިވާސިޓީއިން ކާމިޔާބު ކަމާއިއެކު ރާސްތާ ޕްރޮގްރާމު ނިންމާލައިފި --- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ 'ޓްރާންސްފޯމަޓިވް ލީޑާޝިޕް - ރާސްތާ ޕްރޮގްރާމް' ނިންމާލައިފިއެވެ.

ތިން ދުވަހުގެ ތަމްރީނާއި މެންޓާޝިޕްއާއެކު ދ. ވާނީގައި ހިންގި މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ހުނަރާއި ކެތްތެރިކަމާއި، ތަރުބިއްޔަތާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުތައް ދަސްވި ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެ ޕްރޮގްރާމުގެ ބައިވެރިން، ޓީމް ބިލްޑިން ޗެލެންޖްތަކާއި، ކަސްރަތުތަކާއި، ''ވެލިއު ބޭސްޑް ލާނިން'' ފަދަ ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫއިން ބުނީ މި ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، ޒިންމާދާރުކަމުގެ ރޫހެއް އުފެދި މުޖުތަމަޢުތަމައުއަށް ބޭނުންވާ ކަހަލަ ލީޑަރުންތަކެއް އުފެދޭނެ ކަމަށެވެެ.

ގައުމީ ޔުނިވާސިޓީއިން ކާމިޔާބު ކަމާއިއެކު ރާސްތާ ޕްރޮގްރާމު ނިންމާލައިފި --- ފޮޓޯ/ އެމްއެންޔޫ

އިއްޔެ އެމްއެންޔޫ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ޝަރަފުވެރި މެހެމާނުންނާއި މެންޓަރުންނާއި ޕްރޮގްރާމް ފެސިލިޓޭޓަރުން ބައިވެރިވި ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އަދި މި ތަމްރީނު ޕޮރޮގްރާމް ހިންގުމުގައި ބައިވެރިވި އެންމެންނަށް ވެސް އެ ރަސްމިއްޔާތުގައި ހަދާނީ ލިޔުން ދިން ކަމަށް ވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް