މަހަށް ދާން ހިތްވަރުދިނުމަށް، މިފްކޯއިން ކްރެޑިޓަށް 10 ޓަނު އައިސް ދެނީ

ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި: މިފްކޯއަށް މަސްކިރާ ދޯނިތަކަށް ކްރެޑިޓަށް 10 ޓަނު އައިސް ދެނީ --- ފޮޓޯ/ ސޯޝަލް މީޑިއާ

މަސްވެރިން މަހަށް ދާން ހިތްވަރުދިނުމަށް މިފްކޯއިން އެކުންފުންޏަށް މަސްކިރާ ދޯނިތަކަށް ކްރެޑިޓަށް 10 ޓަނު އައިސް ދޫކުރަން ނިންމައިފިއެވެ.

މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ދޯނިތަކަށް ކްރެޑިޓަށް 10 ޓަނު އައިސް ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން، އެ ކުންފުންޏަށް މަސްކިރާ ކޮންމެ ދޯންޏަކަށް އެކި ފަހަރު މަތިން 10 ޓަނާ ހަމައަށް އައިސް ދޫކުރާނެ ކަމަށާއި ކްރެޑިޓަށް އައިސް ގަންނަ ދޯނިތަކުން މަސް ކިރުމުން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނި ކުރުމަށް ފަހު ކަމަށް މިފްކޯއިން ބުންޏެވެ.

މި މަހުގެ 21ގައި ވެސް މިފްކޯއިން ވަނީ ކޮންމެ ދޯންޏަކަށް ހިލޭ ތިން ޓަނު އައިސް ދީފައެވެ.

https://sun.mv/195776

މީގެ ކުރިން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވުމުގެ ސަބަބުން މަސްވެރިން އެ ކަމާ އިހުތިޖާޖު ވެސް ކުރިއެވެ. އެހެން ނަމަވެސް މިފްކޯއިންވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ބެކްލޮގު ކްލިއާކޮށްފައެވެ.

އަދި މި އަހަރު ނިމޭއިރު ހަފުތާއަކު އެއް ފަހަރާ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމަށް އެ ކުންފުނިންވަނީ އަމާޒު ހިފައިފައެވެ.

comment ކޮމެންޓް