މި ސަރުކާރުގައި މިހާތަނަށް 3،000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފި

އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން: މިހާތަނަށް ވަނީ 3،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓުކޮށްލާފައި ---- ފޮޓޯ/ އިމިގްރޭޝަން

މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު، މިހާތަނަށް 257 ތަނެއް ރެއިޑުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އުޅޭ ނުގަވައިދު ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި، މިހާރު ފާހަގަވަމުން އަންނަ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތްތައް އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން: މިހާތަނަށް ވަނީ 3،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓުކޮށްލާފައި ---- ފޮޓޯ/ އިމިގްރޭޝަން

އެގޮތުން, ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ނުގަވައިދުން ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލައި އިމިގްރޭޝަނުން އަންނަނީ އެ ފަރާތްތަކަށް ފިޔަވަޅު އަޅަމުންނެވެ.

ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.

ހޯމް މިނިސްޓްރީން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ޑާޓާ އެއްކުރުމަށް 'ކުރަނގި އޮޕަރޭޝަން'ގެ ނަމުގައި މުޅި ރާއްޖޭގައި ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން: މިހާތަނަށް ވަނީ 3،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓުކޮށްލާފައި ---- ފޮޓޯ/ އިމިގްރޭޝަން

އޭގެއިތުރުން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.

އަދި، ބިދޭސީއަކު ބުޅާމަސް އަޅައިގެން ކާނާ ތައްޔާރުކުރާކަމަށް ތުހުމަތުކޮށް އެ މައްސަލަ ވެސް ވަނީ ކަމާ ގުޅުންހުރި އިދާރާތަކުން ބަލަން ފަށާފައެވެ.

comment ކޮމެންޓް